twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީގައި ބަށިބޯޅަ އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރުމުގެ ވޯރކްޝޮޕެއް ހިންގައިފި

Nov 8, 2015

ކުޅުދުއްފުށީގައި ބަށިބޯޅަ އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރުމުގެ ވޯރކްޝޮޕެއް ހިންގައިފިއެވެ.

ޒަމާނީ ބަށިބޯލް އެސޯސިއޭޝަނުން އިސްނަގައިގެން ހިންގި މި ވޯރކްޝޮޕްގައި ގިނަ އަދަދެއްގެ ކުޅުދުއްފުށީގެ ބަށި ކުޅޭ އަންހެނުން ވަނީ ބައިވެރިވެފައިއެވެ.

އެގޮތުން މިރޭ ވަނީ އަމީރު އަމީން ސްކޫލްގައި މި ވޯރކްޝޮޕް ނިންމި ބައިވެރިންށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނާ އަތޮޅު ކައުންސިލް މެމްބަރު އުއްމުކުލްސޫމާ އިބްރާހީމް ވޯރކްޝޮޕްގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ކުޅިވަރު ކުޅުދުއްފުށީގައި އިތުރަށް ތަރައްގީ ކުރުމަަށް މި ކުޅިވަރު ކުޅޭ އިތުރު ކުދިން ނެރެން އެބަ ޖެހޭ ކަމަށެވެ. އަދި މި ވޯރކްޝޮޕްގެ ބައިވެރިން މި ކުޅިވަރު ކުޅުދުއްފުށީގައި އާލައި ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އުންމުކުލްސޫމާ ވިދާޅުވިއެވެ.

މިފަދަ ވޯރކްޝޮޕެއް ބޭއްވުމުގެ މަގުސަދަކީ އަންހެނުން މި ކުޅިވަރަށް ހޭލުންތެރި ކުރުމަށާއި ޒަމާނީ ބަށި ބޯޅަ ރާއްޖޭގައި އާލައިކޮށް ދިރިވުން ކަމަށް އެ އެސޯސިއޭޝަން ގެ ރައިސާ ސިޔާމާ މުހައްމަދު ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދިނެވެ.

ސިޔާމާ ވިދާޅުވީ މި ވޯރކްޝޮޕްގައި ބައިވެރިންނަށް ބަށިބޯޅަޔަށް އާއި ޒަމާނީ އުސޫލުތަކާއި ގަވާއިދުތަކުގެ މައުލޫމާތުގެ ދިނުމުގެ އިތުރުން ބައިވެރިންނަށް ބޭނުންވާ ކަސްރަތުގެ މައުލޫމާތުވެސް ދީފައިވާނެ ކަމަށެވެ.

“މި ކުޅިވަރު ޒަމާނާ އެއްގޮތަށް އާލައިކޮށް ބައްޓަން ކުރާއިރު އެކްސަސައިޒްގެ ބައި އޮންނަން ޖެހޭނެ އެގޮތުން މި ވޯރކް ޝޮޕްގައި ކަސްރަތުގެ ބައި ވަރަށް ރަނގަޅަށް ކުރިޔަށް ދާނެ ” ސިޔާމާ ވިދާޅުވިއެވެ.

މި ވޯރކްޝޮޕްތައް ރާއްޖެގެ ހުރިހާ އަތޮޅެއްގައި ވެސް ކުރިޔަށް ގެންގޮސްފައި ވާނޭކަމަށާއި އެގޮތުން ދާދި ފަހުން ހަނިމާދޫ އަދި ހއ އަތޮޅުގެ 9 ރަށެއްގައި މި ވޮރކްޝޮޕް ކުރިޔަށް ގެންގޮސްފައި ވާނޭ ކަމަށް ސިޔާމާ ވިދާޅުވިއެވެ.

މިހާތަނަށް މުޅި ރާއްޖޭގައި 650 ގައި އޮފިޝަލުން މި ޕްރޮގުރާމުގް ދަށުން ޓްރެއިން ކުރިވިފައި ވާކަން ޝިޔަމާ ވަނީ ފާހަގަކޮށްފަ އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިޔަށް ދިޔަ މި ވޯރކްޝޮޕުގައި ކުޅުދުއްފުށީގައި 40 ބައިވެރިން ޓްރެއިން ކޮށްފައިވާނޭ ކަމަށާއި އޭގެ ތެރޭގައި ކުޅުދުއްފުށީގެ ކައިރި ބައެއް ރަށްރަށުގެ ބައިވެރިންވެސް ހިމޭނޭ ކަމަށް ސިޔާމާ ވިދާޅުވިއެވެ.

ސިޔާމަ އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ ލީގު ޒޯން މުބާރާތުގައި ރާއްޖެތެރޭގެ އަތޮޅުތަކުން އެންމެ މަދުން ބައިވެރިވާ އަތޮޅު ތަކަކަށް ފާހަގަ ކުރެވެނީ ހއ، ހދ، ށ އަދި ނ އަތޮޅުން ކަމަށާއި މިއަންނަ އަހަރުގެ މުބާރާތުގައި މި އަތޮޅުތަކުން އެ މުބާރާތުގައި ބައިވެރިވާލެއް ތަންކޮޅެއް ގިނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355