twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުއްޓާއި ނޮޅިވަރަމް ބައްދަކުރާ ދެވަނަ މެޗު މިމަހު 20 ގައި ކުޅެނީ

Nov 12, 2015

އެފްއޭއެމްގެ އިންތިޚާބާ ގުޅޭ ކަންކަން ވަކިގޮތަކަށް ހަމަޖެހެން މެދު ކަނޑާލި މިނިވަން 50 ގެ މުބާރާތް މިމަހު ފަށާގޮތް ނިންމައިފި އެވެ. އެގޮތުން ކުޅުދުއްފުއްޓާ ނޮޅިވަރަމް ބައްދަލުކުރާ ދެވަނަ މެޗް ކުޅޭނީ 20 ވަނަ ދުވަހު ހަވީރު ނޮޅިވަރަމް ބޯޅަ ދަނޑުގަ އެވެ.

ހދ އަތޮޅުން މިމުބާރާތުގައި ބައިވެރިވީ 2 ރަށަކުންނެވެ. އެއީ ނޮޅިވަރަމާއި ކުޅުދުއްފުށިންނެވެ. މުބާރާތް މެދުކަނޑާލިއިރު 1 މެޗު ވަނީ ކުޅެފަ އެވެ. އެހެން ނަމަވެސް ހަމަނުޖެހުން ހިންގުމުގެ ސަބަބުން މެޗް ވަނީ ވަކި ހިސާބަކުން މެދު ކަނޑާލާފަ އެެވެ.

ދެ ޓީމްގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުދުއްފުށީގައި ކުޅުނު އެ މެޗުގެ ނިމެން ހަތަރު ވަރަކަށް މިނިޓެއް އޮތްވާ މެޗު މެދުކަނޑާލީ ދެ ޓީމްގެ ކުޅުންތެރިން ގަޔަށް އަލުމުގެ ސަބަބުން ، ސަޕޯޓަރުން ދަނޑަށް އެރުމުން ނެވެ. އެ މެޗު މެދު ކަނޑާލިއިރު 1-0 މެޗް ލީޑް ކުރަމުން ދިޔައީ ނޮޅިވަރަމް ޓީމެވެ.

އެދުވަހުގެ ރެފްރީން މަޝްވަރާ ކުރުމަށް ފަހު އިއުލާން ކުރީ އަނދިރިވުމުގެ ސަބަބުން މެޗް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ މެޗުގެ ކަން ހިނގައި ދިޔަ ގޮތް ބަލަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355