twitterviber whatsapp telegramfacebookyoutube instagram
25th May 2026

ފަހަތުން އަރާ މިލަންދޫގެ މައްޗަށް ފޯކައިދޫ ކާމިޔާބު ހޯދައިފި

Nov 14, 2015

މިނިވަން 50 މުބާރާތުގައި ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އެޕްސީ ހޯދައިފި އެވެ.

ށ މިލަންދޫ ބޯޅަ ދަނޑުގައި މިއަދު ހަވީރު ބައްދަލުކުރި ފޯރިގަދަ މެޗުގައި ފޯކައިދޫ ކުރި ހޯދީ މިލަންދޫ އަތުން 2-3 ގެ ތަފާތަކުންނެވެ.

ދެ ޓީމްގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރި މަތީގައި ކުޅުނު މި މެޗުގެ 27 ވަނަ މިނެޓްގައި ފޯކައިދޫ ހާފްގެ ތެރެއިން މިލަންދޫއަށް ލިބުނު ހިލޭ ޖެހުމަކުން މިލަންދޫގެ ގޯލް ހުޅުވައިދިނީ އިހްލާމެވެ. ދެ ވަނަ ހާފް ނިމެމުން ދަނިކޮށް މިލަންދޫގެ ކުޅުންތެރިއަކު ވަރަށް ދުރުން ފޮނުވާލި ހަމަލާއެއް ގޯލްގެ ވާތު ކަނަށް ފޮނުވާލައި 2 ވަނަ ގޯލާ އެކު މިލަންދޫ ހިތްހަމަ ޖެހިލި އެވެ.

ދެ ވަނަ ހާފް ފެށުން ރަނގަޅުކޮށް ފޯކައިދޫއިން މިލަންދޫގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައި އެވެ. ނަތީޖާއެއް ގޮތުން ފަހު ހާފްގައި ފަހަތުން އަރާ ޖެހިޖެހިގެން 3 ލަނޑު ޖަހާ މިލަންދޫގެ މައްޗަށް ފޯކައިދޫ މެޗު ކާމިޔާބުކޮށް ށ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ.

މިނިވަން 50 މުބާރާތްގައި ށ އަތޮޅު 4 ޓީމަކުން ބައިވެރިވި އެވެ.

އެއްވެސް މެޗަކުން ބަލިނުވެ ގުރޫޕްގެ އެއްވަނައިގައި އޮވެ ފޯކައިދޫ ފައިނަލަށް ދިޔައީ 12 ޕޮއިންޓާއެކުއެވެ. އޭގެ ފަހަތުން މިލަންދޫ އޮތީ 10 ޕޮއިންޓާ އެކުއެވެ..

މުބާރާތުގެ ބައިވެރިވި އަނެއް ދެ ޓީމަކީ ފުނަދޫ އާއި ޅައިމަގެވެ. ޅައިމަގު މުބާރާތުގެ އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355