twitterviber whatsapp telegramfacebookyoutube instagram
25th May 2026

ނޮޅިވަރަމަށް ސަޕޯޓަރުން ގެންދިއުމަށް 2 ފެރީ ހަމަޖައްސައިފި

Nov 19, 2015

މި ހުކުރު ދުވަހު ނޮޅިވަރަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ހދ އަތޮޅުގެ ދެ ވަނަ މެޗަށް ސަޕޯޓަރުން ގެންދިއުމަށް 2 ފެރީ ހަމަޖައްސައިފި އެވެ.

މި ނޫހަށް މައުލޫމަތު ދެމުން ކުޅުދުއްފުށީ ކައުންސިލް މެމްބަރު އިބްރާހިމް އައްބާސް ވިދާޅުވީ ނޮޅިވަރަމާއި ކުޅުުދުއްފުށީ ބައްދަލު ކުރާ މި މެޗަށް ސަޕޯޓަރުން ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު 2:30 ގައި ހޯރަ އަދި ހޯގޮޅާ ފެރީން ކަމަށެވެ. އެހެންނަމަވެސް ޓީމް ގެންދިއުމަށް ހަމަޖެހިފައިވާ މިލޭނިއަމް ފެރީގައި ޖާގަ އިތުރު ވެއްޖެނަމަ އެ ފެރީންވެސް ސަޕޯޓަރުންނަ ދަތުރުކުރެވޭނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އެހެން ނަމަވެސް ކުޅުންތެރިން ނޮޅިވަރަމަށް ފުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު 1:45 ގަ ކަމަށް އައްބާސް ވިދާޅުވި އެވެ.

މެޗު ނިންމުމަށް ފަހު ސަޕޯޓަރުން ކުޅުދުއްފުއްޓަށް ގެނައުމަށް އަދި ވަކި ގަޑިއެއް ހަމަޖެހިފަ ނުވާ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355