twitterviber whatsapp telegramfacebookyoutube instagram
1st May 2024

ނެޝަނަލް ނެޓްބޯލް ޓޯނަމަންޓްގެ ފުރަތަމަ މެޗު ކޭވައިއާރްސީ އިން ކާމިޔާބުކޮށްފި

Nov 23, 2015

ނެޝަނަލް ނެޓްބޯލް ޓޯނަމަންޓްގެ ފުރަތަމަ މެޗު ކުޅުދުއްފުށީ ކޭވައިއާރްސީ އިން ކާމިޔާބުކޮށްފި އެވެ.

މި މަހުގެ 22 އިން 27 އަށް ކުރިއަށްދާ މި މުބާރާތުގައި ރޭ ކޭވައިއާރްސީ ކުޅުނު މެޗު ކާމިޔާބުކުރީ ހަނިމާދޫ ސާއްބަ އެކުވެރި ކުލަބާ ވާދަކޮށް 45 ޕޮއިންޓް 29 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭވައިއާރްސީއަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދިން ކުޅުދުއްފުށީގެ މޮޅު ކުޅުންތެރިޔެއް ކަމުގައިވާ ރާޝިދާ މޫސާ އެވެ.

މި މުބާރާތުގައި ޖުމްލަ 4 ޓީމެއް ވާދަކުރާއިރު ރޭ ކުޅުނު އަނެއް މެޗުގައި ޓީރެކްސް ސްޕޯރޓްސް އެކަޑަމީ އަދި ފިއޮންޓީ ސްޕޯރޓްސް ކުލަބު ވާދަކުރިއިރު މި މެޗު 47 ޕޮއިންޓް 21 ޕޮއިންޓުން ކާމިޔާބުކުރީ ފިއޮންޓީ އެވެ.

މިރޭ މު މުބާރާތުގައި 2000 ގައި ކުޅެވޭ މެޗުގައި ކޭވައިއާރްސީ ބައްދަލުކުރާނީ ފިއޮންޓީ ސްޕޯރޓްސް ކްލަބާ އެވެ. އަދި 2100 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޓީރެކްސް އަދި ސާއްބަ އެވެ.

މި މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ޔޫތު ސެންޓަރގެ ބޭރު ކޯޓްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355