ފުރަތަމަ ހާފްގައި ނޮޅިވަރަމްގެ އަފްރާހު ލަނޑެއް ޖަހާ އެޓީމަށް އަށް ކުރި ހޯދައިދީފައިވަނިކޮށް ފިއްލަދޫއިން ފަހަތުން އަރާ ދެ ލަނޑު ޖަހާ ނޮޅިވަރަމްގެ މައްޗަށް މިއަދު ކުރި ހޯދައިފި އެވެ.
ޒޯން 1 ގެ ފުރަތަމަ މެޗު ހއ ފިއްލަދޫއިން ކާމިޔާބުކުރީ ހދ ނޮޅިވަރަމްއާ ބައްދަލުކޮށް 2-1 ނެވެ
ފިއްލަދޫ ބޯޅަދަނޑުގައި ކުޅުނު މި މެޗު ފެށުނުތަނާ ހެން ނޮޅިވަރަމްގެ އަފްރާހް ފޮނުވާލި ހަމަލާއެއް ފިއްލަދޫ ގޯލަށް ވައްދާލައި ލިބުނު ހިތްހަމަޖެހުން ދެމިއޮތީ މެޗުގެ ދެވަނަ ހާފްގެ 6 ވަނަ މިނިޓާ ހަމައަށެވެ. ނޮޅިވަރަމް ލީޑް ނަގައިދިން ގޯލް ޖެހީ މެޗުގެ 6 ވަނަ މިނެޓްގަ އެވެ.
ދެވަނަ ހާފްގެ 6 ވަނަ މިނެޓްގައި ފިއްލަދޫއަށް ގޯލް ހުޅުވަދިނީ ޒޯލާ އެވެ. ޒޯލާ ޖަހައިދިން ގޯލާއެކު 2 ޓީމް އެއްވަރުވެ މެޗު އިތުރަށް ފޯރިގަދަވި އެވެ. ފިއްލަދޫ ޓީމުގެ މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފިއްލަދޫ މޮޅުވި ލަނޑު ޖެހީ ފަހު ހާފްގެ އަށާވީސް ވަނަ މިނެޓްގައި އަލީ ކާމިލެވެ.
މިމެޗުގައި 2 ޓީމުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ނާކާމިޔާބުވިކަން ފާހަގަކުރެވުނެވެ. މެޗު ބަލާލުމަށްޓަކާ ނޮޅިވަރަމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ފިއްލަދޫއަށް ގޮސްފައިވެ އެވެ.
ޒޯން 1 ގެ ދެވަނަ ބުރުގެ މެޗެއް ދެން ކުޅޭނީ ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހު ނޮޅިވަރަމް ބޯޅަދަނޑުގަ އެވެ. ބައްދަލުކުރާނީ ފިއްލަދޫ އާއި ނޮޅިވަރަމެވެ.