twitterviber whatsapp telegramfacebookyoutube instagram
15th July 2026

ކޭވައިއާރުސީ ބަލިކޮށް ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފިއޮންޓީން ހޯދައިފި

Nov 28, 2015

ކޭވައިއާެރްސީ ބަލިކޮށް ޤައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފިއޮންޓީން ހޯދައިފި އެވެ.

ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ފައިނަލު މެޗު ފިއޮންޓީން ކާމިޔާބުކުރީ 45-44 ޕޮއިންޓުން ކޭވައާރްސީގެ މައްޗަށް ކުރިހޯދައިގެންނެވެ. ފޯރިގަދަ މި މެޗުގެ ފިއޮންޓީން މޮޅުވި ޕޮއިންޓް ކާމިޔާބުކުރީ ފަހު 10 ސިކުންތުތެރޭގަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭވައިއާރްސީގެ އައިމިނަތު ހަލީމް އެވެ.

މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ޓީރެކްސް ސްޕޯޓްސް އެކަޑަމީ ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ ފިއޮންޓީގެ އައިމިނަތު ނަޒްރާ އާއި ހަމްނާ އަބްދުލް ރަހްމާން އާއި އީމާ އަބްދުލް ސައްތާރު އާއި ކޭވައިއާރްސީގެ ރާޝިދާ މޫސާ އާއި އައިމިނަތު ހަލީމް އާއި އައިމިނަތު ރަބާބް އިބްރާހީމްގެ އިތުރުން ޓީރެކްސްގެ އާއިޝަތު ފަޒީލާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355