twitterviber whatsapp telegramfacebookyoutube instagram
29th March 2026

ސައިކަލެއްގައި 21 ގައުމު ހުރަސްކޮށް ބާސެލޯނާއައް

Dec 10, 2015

ޒެންޒޮން ޒީ އަކީ ޗައިނާއަށް އުފަން، ދުނިޔޭގައި ގިނަ ބައެއްގެ އެންމެ މަގުބޫލު ޓީމު އެފްސީ ބާސެލޯނާގެ ފޭނެކެވެ. އޭނާ ކުރި ހިތްވަރުގަދަ ދަތުރެއްގެ ސަބަބުން މިއަދު މިވަނީ ބާސާގެ މި ފޭން ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. 21 ގައުމު ހުރަސްކޮށް ޗައިނާއިން ބާސެލޯނާއަށް އޭނާ ވަނީ މޮޓޯރސައިކަލެއްގައި ދަތުރުކޮށްފައި އެވެ.

6 މަހުގެ މި ދިގު ރާސްތާގެ ދަތުރުގައި އޭނާވަނީ ޖާމަނީ، ޔުކްރެއިން އަދި ޕޯލެންޑް ފަދަ ބޮޑެތި ގައުމުތައް ސައިކަލެއްގައި ހުރަސްކޮށްފައިއެވެ.

ކައިވެނި ކުރިތާ 10 ދުވަސް ފަހުން އޭނާ ފެއްޓި މި ދަތުރުގައި އޭނާގެ އަމާޒަކަށްވީ އެންމެ ކަމުދާ ކުލަބް އެފްސީ ބާސެލޯނާގެ ސްޓޭޑިއަމް “ކޭމްޕް ނޫ” އަށް ދިޔުމެވެ.

ބާސާގެ ބޮޑު ދިދަޔަކާއެކު އޭނާ ކުރި މި ދަތުރުގައި އޭނާއާ ވަނީ އެކި ގައުމުތަކުގެ އެތައް ބާސާގެ ސަޕޯޓަރުންނާ ދިމާވެފައި ކަމަށް އޭނާ ބުންނެވެ. އަދި އެމީހުންގެ ތަރުހީބު އޭނާއަށް ލިބުނު ކަމަށާއި ގިނަ ބަޔަކު ވަނީ އެ ދިދައިގައި ސޮއެ ކޮށްފައި ކަމަށްވެސް އޭނާ ހާމަ ކުރިއެވެ.

އުމުރުން އެންމެ 14 އަހަރުންސުރެ އޭނާއަކީ ބާސާގެ ފޭނެއް ކަމަށާއި ކެމްޕް ނޫ އަށް އައިސް މެޗުތައް ބެލާލަން ވަރަށް ކުރިންސުރެވެސް ބޭނުންވި ކަމަށް އޭނާ ބުންޏެވެ.

އެގޮތުން މި ދަތުރަށްފަހު މަންޒިލަށް އޭނާއަށް އާދެވުނީ މުހިއްމު ވަގުތަކަށެވެ. އަދި ޗެމްޕިއަންސް ލީގުގައި ބާސާ ބައްދަލުކުރި ގިނަ މެޗުތައް ސްޓޭޑިއަމްގައި އިނދެގެން ބަލާލުމުގެ ފުރުސަތު އޭނާއަށްވަނީ ލިބިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355