twitterviber whatsapp telegramfacebookyoutube instagram
20th April 2025

އެއްލައްކަ ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ދިއްދޫގައި ފަށަނީ

Dec 16, 2015

ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ ހުށަހަޅުއްވާފައިވާ އެއް ލައްކަ ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ހއ ދިއްދޫގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު މިދިޔަ އަހަރު ތައާރަފް ކުރި މި މުބާރާތަކީ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ އިތުރުން މި މުބާރާތަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ވާދައިގެ ތަށްޓާއި ރަން މެޑަލް ދިނުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މުބާރަތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ރަށުން ބޭރު ފަސް ކުޅުންތެރިން ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެގޮތުން މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން މިހާރު ވަނީ ވައިވެރި ވެފަ އެވެ.އެެއީ އެންމެ ފަހުގެ ޗެމްޕިއަން ބްލެކް ޒީނޯ އާއި ނާޑު ސްޕޯޓްސް އާއި ޓީނޭޖް ބޯއިސް ސްޕޯޓްސް ކްލަބާއި އެފްސީ އައްސޭރި އަދި ހީވެސްނުވޭ އެވެ

ލީގު އުސޫލުން ކުޅެ މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމެވެ. މި މުބަރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 26 ވަނަ ދުވަހު އެވެ.

މުބާރާތުގައި ބައިވެރިވާން އެއްވެސް ޗަންދާއެއް ދައްކަން ނުޖެހޭއިރު މުބާރާތުގައި ރެފްރީކަން ކުރާނީ އެފްއޭއެމްގެ ރެފްރީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355