twitterviber whatsapp telegramfacebookyoutube instagram
25th May 2026

އެންޑީ މެލޭޝިޔާގެ ޕީޑީއާރްއެމަށް

Jan 6, 2016

ހދ ނޮޅިވަރަމަށް ނިސްބަތްވާ ގައުމީ ޓީމުގެ ހުނަރުވެރި ޑިފެންޑަރު އަމްދާން އަލީ (އެންޑީ) މެލޭޝިޔާގެ ޕީޑީއާރްއެމާ ގުޅެން ނިންމައިފި އެވެ.

މާޒިޔާ އަދި ގައުމީ ޓީމަށް ކުޅެމުން އަންނަ އެންޑީ ޕީޑީއާރްއެމާ ގެންދަން އެޓީމުން މިހާރުވަނީ މާޒިޔާއާއި ވާހަކަ ދައްކާފަ އެވެ. މާޒިޔާގެ ކޮންޓްރެކްޓުގައި ހުރި އެންޑީ އަށް ޕީޑީއާރްއެމް އަށް ބަދަލުވެވޭނީ އެ ކްލަބުން ރިލީޒް ދިނުމުންނެވެ. އަދި ޕީޑީއާރްއެމްއާއި ގުޅުމަށް މެލޭޝިއާ އަށް ދާން ޖެހޭތީ އެންޑީ ވަނީ ބަންގަބަންދު ގޯލްޑް ކަޕުގައި ގައުމީ ޓީމަށް ނުކުޅެން ނިންމައިފަ އެވެ.

ޕީޑީއާރްއެމްއާ އެންޑީ ގުޅިއްޖެ ނަމަ އޭނާ ވެގެންދާނީ ރާއްޖޭން ބޭރުގެ ޕްރޮފެޝަނަލް ލީގެއްގައި ކުޅޭ ރާއްޖޭގެ ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. ޕީޑީއާރްއެމް އަށް މިދިޔަ ސީޒަނުގައި ކުޅުނު ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން ދަގަނޑޭ ފިޔަވައި އަނެއް ތިން ކުޅުންތެރިން ވަނީ ދޫކޮށްލައިފަ އެވެ. ބާކީ ތިން ޖާގައިގެ ތެރެއިން ދެ ޖާގައަށް ކުޅުންތެރިން ގެނެސްފައިވާއިރު އެންޑީ ގެންނަނީ ތިން ވަނަ ޖާގައަށެވެ.

މިދިޔަ އަަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ރާއްޖެ ހޯދިއިރު މޮޅު ކުޅުމެއް ދެއްކި އެންޑީ އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ޒުވާން ހުނަރުވެރި ޑިފެންޑަރެވެ. އޭނާ ވަނީ 2012 ވަނަ އަހަރުގެ ރާޖަޕަކްސާ އިންވިޓޭޝަނަލް މުބާރާތް ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކާމިޔާބުކުރިއިރު އެ ޓީމުގައި ވެސް ހިމެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355