twitterviber whatsapp telegramfacebookyoutube instagram
5th May 2024

މިނިވަން 50 ގެ ފަހު ބުރު މިއަދު ކުޅުދުއްފުށީގައި ފަށާއިރު ކައުންސިލުންވަނީ މުބާރާތައް ތައްޔާރުވެފަ

Jan 11, 2016

މާލޭ އުތުރުގެ 4 ޒޯނުގެ ހަތަރު ޓީމާއެކު މިއަދު މިނިވަން 50 ގެ 3 ވަނަ ބުރު ކުޅުދުއްފުށީގައި ފަށާއިރު އެކަމަށް ކައުންސިލުން ތައްޔާރުވެފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

“ކުޅުދުއްފުށި އޮންލައިން” ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅިވަރުގެ ކަންތައްތަކާ ހަވާލުވެހުންނެވި ކައުންސިލަރު އިބުރާހިމް އައްބާސް ވިދާޅުވީ މުބާރާތް މިއަދު ކުޅުދުއްފުށީގައި ފަށާއިރު އެކަމަށްވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށެވެ.

” މުބާރާތްތައް ކައުންސިލުން ދަނީ ތައްޔާރުވަމުން. އެކަމަކު ރައްޔިތުން އެންމެ ބޭނުންވާ ވަރަށް ތައްޔާރު ނުވެވި ހުރެދާނެ ” އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ކުނިކޮށީ އަރާ ދުމުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ އާއި ފުލުހުންނާ ވާހަކަ ދައްކަވާފައިވާނޭ ކަމަށާއި މެޗު ކުޅޭ ދުވަސްތަކުގައި އެފަރާތަކުން ކުނިކޮށީގެ ސެކިއުރިޓީ ބަލަހައްޓާނެ ކަމަށެވެ.

މިމުބާރާތުގެ ގުރޭޕް އޭ ގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ ހދ ނޮޅިވަރަމާއި ށ ފޯކައިދޫ އެވެ. މުބާރާތް ކުޅޭނީ ކުޅުދުއްފުށީ ސްޓޭޑިއަމްގަ އެވެ.

މި މުބާރާތުގެ މެޗުތައްް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ހދ. ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައެވެ.   ގުރޫޕް އޭ ގެ މެޗުތައް ކުޅުދުއްފުށީގައި ކުރިއަށްދާއިރު، ގުރޫޕް ބީގެ މެޗުތައް ކުރިއަށްދާނީ އައްޑޫ ސިޓީގަ އެވެ.

މިނިވަން ފަންސާސް މުބާރާތުގެ ތިންވަނަ މުބާރާތަށް ކޮލިފައިވި ރަށްތަކަކީ ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ބ. އޭދަފުށި، އދ. މާމިގިލި، ވ. ކެޔޮދޫ، ލ. ގަން، ގދ. ފަރެސްމާތޮޑާ އަދި އައްޑޫސިޓީގެ ފޭދޫ އެވެ.ެ  ގުރޫޕް އޭ ގައި ހިމެނެނީ ނޮޅިވަރަމް، ފޯކައިދޫ، އޭދަފުށި އަދި މާމިގިލީ އެވެ. ގުރޫޕް ބީ ގައި ކެޔޮދޫ، ގަން، ފަރެސްމާތޮޑާ އަދި ފޭދޫ އެވެ.

މި މުބާރާތުގައި ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީއަށް ކޮލިފައިވާނެ އެވެ. ސެމީ ފައިނަލްގެ ދެމެޗާއި ފައިނަލް މެޗުވެސް ކުޅޭގޮތަށް ޝެޑިއުލް ކޮށްފައިވަނީ އައްޑޫ ސިޓީ ގައެވެ. ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުން ފުރުޞަތު ލިބިގެންދާނެ އެވ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355