twitterviber whatsapp telegramfacebookyoutube instagram
30th August 2026

ހިރަފުސް ފުޓްސަލް ޗެލެންޖްގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަނީ

Jan 14, 2016

ހިރަފުސް ފުޓްސަލް ޗެލެންޖްގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށީ ހިރަފުސް ދަނޑުން އިސްނަގައިގެން އިންތިޒާމް ކުރާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.

ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 1000ރ ހަމަޖައްސާފައިވާ މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ފުޓްސަލް އެރީނާގަ އެވެ. މި މުބާރާތުގައި ބައިވެރިވެވޭ ޓީމުގެ އަދަދެއްގެ ގޮތުގައި ވަކި އަދަދެއް ހަމަޖައްސާފައިވާ ނުވާކަމަށް މި ކަމުގައި ހިރަފުސްގެ ފަރާތުން އިސްކޮށް އުޅޭ އަސްލަމް މުހައްމަދު (ލަމްބޯ) މައުލޫމާތު ދިނެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފޯމް ކުޅުދުއްފުށީ ސޭމް ފިހާރައިން މާދަމާއިން ފެށިގެން ލިބެން ހުންނާނެ އެވެ. މި މުބާރާތުގެ ބައިވެރުވުމަށް ފޯމް ލުމުގެ އެންމެ ފަހު ތާރީޚަކީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހެވެ.

ހިރަފުސް އިން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ކުޑައީދު ބަންދު ނިންމުމަށްފަހު ހިރަފުސް ދަނޑަށް ރޯދަމަހު ކުޅެންދާ ކުޅުންތެރިންނަށް އަމާޒުކޮށްގެން ހިރަފުސް ކަޕްގެ ނަމުގައިވެސް ފުޓްބޯޅަ މުބާރާތެއް ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355