twitterviber whatsapp telegramfacebookyoutube instagram
29th March 2026

ފޯކައިދޫ އަދި އޭދަފުށި ސެމީއަށް

Jan 17, 2016

ފޯކައިދޫ އަދި އޭދަފުށި މިނިވަން ފަންސާސް މުބާރާތުގެ ތިން ވަނަ ބުރުގެ ސެމީއަށް ދަތުރުކޮށްފި އެވެ.

ފޯކައިދޫ އަދި އޭދަފުށި ސެމީއަށް ދަތުރުކުރީ މިއަދު ހަވީރު މާމިނގިލީ އަދި ނޮޅިވަރަމް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުންނެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު ދެވަނަ ހާފު ފަށައިގެން މެޗުގެ 65 ވަނަ މިނެޓްގައި މާމިނގިލީގެ ޖާޒީ ނަންބަރު 7 މުހައްމަދު އަތީފް (ޗޭ މޯޑް) ވަނީ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ވަދެ ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ނަމަވެސް މި ލަނޑު ޖެހިތާ ކުޑައިރުކޮޅެއްތެރޭ ނޮޅިވަރަމްއިން ވަނީ މާމިނގިލީގެ ޑިފެންޑަރުންނަށް ސާފު ނުކޮށްލެވުނު ބޯޅައެއްގެ ފައިދާ ނަގައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ނޮޅިވަރަމްގެ ޖާޒީ ނަންބަރު 9 ޤުރައިސް (ގުރޭ) އެވެ.

މި ދެ ޓީމުވެސް މި މުބާރާތުން މިހާރު ކަޓާފައިވާއިރު މާމިނގިލީއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ނޮޅިވަރަމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި މުބާރާތުގެ ގުރޫޕް އޭ ގެ ފަހު މެޗުގައި މިއަދު ބައްދަލު ކުރާނީ އޭދަފުށި އަދި ފޯކައިދޫ އެވެ. މި މެޗަށް ނުކުންނައިރު ފޯކައިދޫ 6 ޕޮއިންޓާއެކު އޮތީ ގުރޫޕްގެ އެއްވަނައިގަ އެވެ. އޭދަފުށި އޮތީ 4 ޕޮއިންޓާއެކު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355