twitterviber whatsapp telegramfacebookyoutube instagram
15th September 2025

ފޯކައިދޫ ޓީމަށް ސަޕޯޓްކުރުމަށް އެރަށުގެ ގިނަ ރައްޔިތުންތަކެއް ކުޅުދުއްފުއްޓަށް އަންނަނީ

Jan 18, 2016

މެންދުރު ފަހު ސެޝަންގެ ކިޔެވުން އެހެން ދުވަހަކަށް ބަދަލުކޮށް ފޯކައިދޫ ޓީމަށް ސަޕޯޓްކުރުމަށް އެރަށުގެ ގިނަ ރައްޔިތުން ތަކެއް މިއަދު ކުޅުދުއްފުއްޓަށް އައުމަށް ތައްޔާރުވެއްޖެ އެވެ.

މިއަދު ހަވީރު ކުޅުދުއްފުށި ސްޓޭޑިއަމްގައި ކުޅޭ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ފޯކައިދޫއާ ދެކޮޅަށް ނިކުންނާނީ އޭދަފުއްޓެވެ.

ފޯކައިދޫ ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ފޯކައިދޫ ޓީމަށް ސަޕޯޓްކުރުމަށް ދިއުމުގެ ގޮތުން ސްކޫލުގެ މެންދުރުފަހުގެ ސެޝަންގެ މިއަދު ނު ބައްވާ ގޮތަށް ނިންމައި އެދުވަހުގެ ކިޔެވުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަަމަޖައްސާފައިވާ ކަމަށެވެ.

އޭނާ ބުނީ އެރަށު ފީރޯޒް ބޯޓްގައި 400 މީހުން މިއަދު ކުޅުދުއްދުއްޓަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެެވެ. އޭގެ އިތުރުން ލޯންޗުތަކުގައި 200 ހާ މީހުން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ފޯކައިދޫ ކުޅޭ ކޮންމެ ދުވަހަކުވެސް އެރަށުގެ ގިނަ ރައްޔިތުންތަކެއް ދަނޑަށް އައިސް ސަޕޯޓްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355