twitterviber whatsapp telegramfacebookyoutube instagram
5th May 2024

ފޯކައިދޫ ބަލިކޮށް އޭދަފުށިން ގުރޫޕްގެ އެއްވަނަ ހޯދައިފި

Jan 18, 2016

މިނިވަން ފަންސާސް މުބާރާތުގެ ތިން ވަނަ ބުރުގައި ގުރޫޕް  އޭ ގެ ފަހު މެޗުގައި ފޯކައިދޫ 3-0 އިން ބަލިކޮށް އޭދަފުށިން ގުރޫޕްގެ  އެއްވަނަ ހޯދައިފި އެވެ.

މިއަދުގެ މެޗުގައި އޭދަފުށިން ލީޑު ނެގީ މެޗުގެ 21 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށްގެންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 16 ސޮބީ އެވެ.

ދެވަނަ ހާފު ފަށައިގެން ފޯކައިދޫ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެ ޓީމަށް މާ ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އަދި ފޯކައިދޫގެ ޖާޒީ ނަންބަރު 17 ފަހުދު އަބްދުﷲ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުން އެކަމުގެ ފައިދާ ނަގައި އޭދަފުށިން ވަނީ މެޗުގެ 70 ވަނަ މިނެޓްގައި އިތުރު ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 23 އިޝާން އިބްރާހިމް (ސައްޓު) އެވެ.

އޭދަފުށިން ޖެހި ފަހު ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ޖާޒީ ނަންބަރު 20 މުހައްމަދު އަޖުފާން (އަޖޭ) އެވެ.

މިއަދުގެ މެޗު ބަލާލަން ސްޓޭޑިއަމް އަށް 1500 އާއި 2000 ދެމެދުގެ އަދަދަކަށް މީހުން ވަދެފައިވާކަން ފާހަގަކޮށްލެވެ އެވެ.

މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލު ކުރާނީ އޭދަފުށި އަދި ފަރެސް މާތޮޑާ އެވެ. އަދި ދެވަނަ ސެމީގައި 23 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޯކައިދޫ އަދި ސ ފޭދޫ އެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އަދި ފައިނަލް މެޗު ކުޅޭނީ އައްޑޫ ސިޓީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355