twitterviber whatsapp telegramfacebookyoutube instagram
15th October 2026

ހދ އަތޮޅަށް ހުޅުވާލައިގެން ނެޓްބޯޅަ ކޯޗިން ކޯހެއް ބާއްވަނީ

Jan 19, 2016

ހދ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވައިލައިގެން ނެޓްބޯޅަ ކޯޗިން ކޯހެއް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްްސް އަދި ނެޓް ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯޗިން ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 1 އިން ފެށިގެން 10 ގެ ނިޔަލަށެވެ.

މި ކޯހަކީ ހދ އަތޮޅުގެ ހުރިހާ ރަށްތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޯހެއް ކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެއެވެ.

އެގޮތުން މި ކޯހުގައި ބައިވެރިވެ އަތޮޅުތަކުން ކުޅުދުއްފުއްޓަށް އަންނަ ބައިވެރިންގެ ކެއުމާއި، ކޮޓަރި ކުލި އަދި ދަތުރުގެ ހަރަދު މޯލްޑިވެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްްސްގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ކޯޗިން ކޯހަކީ ސެޓްފިކެޓް ލެވެލް އެކެއް ފެންވަރުގެ ކޯހެކެވެ. އަދި މީ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތަތްކުން މި މަހު 17 ގެ ކުރިން ރަށު ކައުންސިލް އިދާރާގެ ނަންބަރު 6521170 ގުޅުއްވައި ނަންނޯޓު ކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293