twitterviber whatsapp telegramfacebookyoutube instagram
15th July 2026

އިއްބެގެ ހިތްގައިމު ލަނޑާއެކު ފޭދޫ މިނިވަން ފަންސާސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

Jan 28, 2016

މިނިވަން ފަންސާސް މުބާރާތުގެ ފަހު ބުރުގެ ފައިނަލުގައި ފަރެސް މާތޮޑާ 1-0 އިން ބަލިކޮށް ފޭދޫ ޗެމްޕިއަންކަން ހޯދައިފި އެވެ.

އިއްޔެ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު މެޗުގެ ފަހު ހާފުގައި ކާމިޔާބު ކުރީ ފޭދޫ ޓީމުގެ ހުނަރުވެރި ފޯވާޑް ޖާޒީ 7 އިބްރާހިމް މަހުދީ ހުސައިން (ކުދު އިއްބެ) އެވެ. މިއީ ފަރެސް މާތޮޑާގެ ތިން ޑިފެންޑަރުން ކައިރިން ނެއްޓުމަށްފަހު ކީޕަރު ކައިރިންވެސް ނައްޓައި ކާމިޔާބުކުރި ވަރަށް ހިތްޤައިމު ގޯލެކެވެ. އިއްބެ ވަނީ ސެމީ ފައިނަލުގައި ފޯކައިދޫ ކޮޅަށްވެސް ތިން ލަނޑު ޖަހައިފަ އެވެ.

ފޯކައިދޫ ބަލިކޮށް މި މުބާރާތުގެ ތިން ވަނަ ހޯދީ އޭދަފުށިންނެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން ސްޓޭޑިއަމަށް ޖަމާވި މި މެޗް ޝަރަފުވެރިކޮށްދެއްވާ ޗެމްޕިއަން ޓީމަށް ޓްރޮފީ އަދި ކުޅުންތެރިންނަށް މެޑަލް ހަވާލު ކޮށްދެއްވީ ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފެށި މިނިވަން 50 ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 79 ރަށަކުން ޓީމްތައް ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355