twitterviber whatsapp telegramfacebookyoutube instagram
8th May 2024

ޕްރެޒިޑެންޓް ކަޕް ނޯތު ވޮލީބޯލް މުބާރާތް މިއަހަރު ކުޅުދުއްފުށީގައި

Feb 8, 2016

ވޮލީބޯޅަ އެސޯސިއޭޝަނުން އަންހެން ކުޅުންތެރިންނަށް އިންތިޒާމްކޮށްގެން ބާއްވާ ޕްރެޒިޑެންޓްސް ކަޕް ނޯތު ވޮލީބޯޅަ މުބާރާތް މިއަހަރު ކުޅުދުއްފުށީގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ބައިވެރިވުމުގެ ފަހު ތާރިހަކީ މި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ 12:00 ށެވެ. އަދި ޓީމް ލިސްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފެބްރުއަރީ 23 ވަނަ ދުވަހުގެ 12:00 ނިޔަލަ ށެވެ.

މާރޗް 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް އެދި ހދ.އަތޮޅު ކައުންސިލް އިދާރާއަށް ހުށަހަޅަންހެޖޭ ފޯމް، އަތޮޅު ކައުންސިލް އިދާރާތަކުންނާއި ރަށު ކައުންސިލް އިދާރާތަކުން ލިބޭނެކަމަށް ހދ.އަތޮޅު ކައުންސިލުން ބުނެ އެވެ.

މި މުބާރާތަކީ ވޮލީބޯލް އެސޯސިއޭޝަންއާއި ހދ.އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ކުޅުދުއްފުށީގެ ބައެއް މުވައްސަސާތަކާއި ކްލަބް، ޖަމްއިއްޔާތަކާއި އަދި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ބާއްވާ މުބާރާތެކެވެ.

ޕްރެޒިޑެންޓް ކަޕް ނޯތު ވޮލީބޯޅަ މުބާރާތް ފާއިތުވީ ދެ އަހަރުވެސް ކާމިޔާބުކޮށްފައިވަނީ ހއ.އިހަވަންދޫ ކްލަބް ޕޯލްސްޓަރ އެވެ. މިދިޔަ އަހަރު މިމުބާރާތް ބާއްވާފައިވަނީ ހއ. ބާރަށުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355