twitterviber whatsapp telegramfacebookyoutube instagram
26th April 2024

21 ޓިމާއެކު ހިރަފުސް ފުޓްސަލް މުބާރާތް ފަށައިފި

Feb 20, 2016

މި އަހަރު މުޅިން އަލަށް ފެށި ހިރަފުސް ފުޓްސަލް މުބާރާތް 21 ޓީމާއެކު ރޭ ފަށައިފި އެވެ. މި މުބާރާތް ވެފައިވަނީ މިހާތަނަށް ކުޅުދުއްފުށީގައި ބޭއްވި އެންމެ ގިނަ ޓީމް ބައިވެރިވި މުބާރާތަށެވެ.

މި މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލި ނަމަވެސް ކުޅުދުއްފުށި ނޫން އެހެން އެއްވެސް ރަށަކުން ބައިވެރިވެފައެއް ނުވެ އެވެ.

ކުޅުދުއްފުށީ ސްޕޯޓް އެރީނާ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ރޭ ގެ މެޗް ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ކައުންސިލަރު އިބުރާހިމް އައްބާސް އެވެ.

ކޮންމެ ރެއަކު ވެސް ތިން މެޗުކުޅެން ހަމަޖެހިފައިވީ ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ރޭ ކުޅެވުނީ އެއް މެޗެވެ. ރޭގެ މެޗުގެ މެޗުގައި ބައްދަލުކުރީ އެފްސީ އިލެކްޓިކްސްއާއި ބާނިންގ ޔުނައިޓަޑްއެވެ. މިމެޗް 14-4 ން ކާމިޔާބުކުރީ ބާނިންގ ޔުނައިޓަޑްއެވެ .

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބާނިންގ ޔުނައިޓަޑަށް 6 ގޯލް ކާމިޔާބުކޮށްދިން އެޓީމްގެ ހުސައިން އަބްދުއްރަޝީދެވެ. އެޓީމްގ 10 އަހުމަދު އާދަމްވެސް 6 ގޯލް ޖަހާފައިވެއެވެ.

އެޓީމްގެ އަނެއް 2 ގޯލް ޖަހާފައިވަނީ އަބްދުﷲ އިބުރާހިމް އަދި އިމްރާން އަބޫބަކުރެވެ.

އިލެކްޓިކްސްގެ ގޯލްތައް ޖަހާފައިވަނީ އަހުޒަމް އަހުމަދާއި މުހައްމަދު އަމްޖަދާއި އާދަމް ޝަރީފްގެ އިތުރުން މުހައްމަދު ހަސަންއެވެ.

4 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ވިއްސާރަވުމުގެ ސަބަބުން ރޭގެ ބާކީ ނުކުޅެވުނު މެޗްތަކެވެ. މިރޭ ވެސް މޫސުމް ތަންދޭނަމަ މުބާރާތްގެ   މެޗްތައް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355