twitterviber whatsapp telegramfacebookyoutube instagram
20th April 2025

އޯކިޑް ބަށި މުބާރާތުގެ ތަށި ބާރަށު ޓީމް ހޯދައިފި

Feb 20, 2016

ޑިމޮކްރަސީ ހަފުތާ ފާހަގަކުރުމަށް އިލެކްޝަން ކޮމިޝަނުން ހއ ހޯރަފުށީގައި ކުރިޔަށްގެންދިޔަ ” އޯކިޑް ބަށި މުބާރާތުގެ”  ޗެމްޕިއަންކަން ބާރަށު ކައުންސިލް އިދާރާގެ ޓީމުން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު މިމެޗުގައި ބާރަށު ޓީމް މޮޅު ވެފައިވަނީ އިހަވަންދޫ އަތުން މޮޅުވީ 28 ލަނޑު 18 ލަނޑުންނެވެ.

ފުރަތަމަ ސެޓްގައި ބާރަށު ކައުންސިލް ޓީމުން ކުޅެންއަރައި 15 ލަނޑު ދިނެވެ. ޖަވާބުގައި އިހަވަންދޫ ކައުންސިލް ޓީމުން ކުޅެން އަރައި ދެވުނީ 10 ލަނޑު ފަސް ފޯއްޔެވެ. އަދި ދެވަނަ ސެޓްގައި ބާރަށު ޓީމް 13 ލަނޑު ހެދި އެވެ. އިހަވަންދޫ ޓީމަށް ދެވަނަ ސެޓްގައި ހެދުނީ 7 ލަނޑު 7 ފޯއްޔެވެ..

މުބާރާތުގެ އެންމެ މޮޅު ޖެހުން ތެރިޔާ އަދި ބަށި ރާނީއަށް ހޯދީ ހޯރަ ޓީމްގެ އަޣްލިމާ އަބުދުއް ރަހުމާނެވެ. އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ބާރަށު ޓީމްގެ ފާތުމަތު ނާޒިލާ ހޯދިއިރު އެންމެ މޮޅު ހިފުން ތެރިއަކަށް ހޮވުނީ އިހަވަންދޫ ޓީމްގެ ފާތުމަތު ޝަރުމީލާއެވެ..

މި މުބާރާތުގެ ތިންވަނައަށް ހޮވުނީ ހޯރަފުށީ  ހޯރަ ބަށި ޓީމެވެ. ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމުގެ ގޮތުން ތަފާތު ގިނަ ހަރަކާތްތަކެއް ހޯރަފުއްޓާއި ހއ ގައި ދަނީ ކުރިއަށްގެންދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355