twitterviber whatsapp telegramfacebookyoutube instagram
15th July 2026

ހަވީރު ސްޕޯޓްސް އެވޯޑްގައި ވޮލީގެ ގަދަ 5ގައި ޝަނީޒާ އަދި ތަހޫރާ ހިމެނިއްޖެ

Feb 21, 2016

ހަވީރު ސްޕޯޓްސް އެވޯޑްސްގައި ވޮލީގެ ދެ ކެޓަގަރީއެެއްގެ ގަދަ 5 ގައި އިހަވަންދޫގެ 2 ވޮލީ ކުޅުންތެރިޔަކު ހިމެނިއްޖެއެވެ.

އެގޮތުން އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ 5 ކުޅުންތެރިންގެ ތެރޭގައި ފާތިމަތު ތަހޫރާ ހިމެނިފައިވެއެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ފާތިމަތު ޝަނީޒާ ވަނީ ހިމެނިފައިއެވެ. މި ދެ ކުޅުންތެރިންނަކީވެސް އިހަވަންދޫ ޕޯލްސްޓަރ ޓީމަށް ކުޅޭ 2 ކުޅުންތެރިންނެވެ.

އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ މަގާމަށް ތަހޫރާގެ އިތުރުން ދެން ވާދަކުރަނީ ހައްވާ ރާޝިދާ، އަރީޝާ، ޝައްފަ އަދި މާޖިދާ އެވެ. އަދި މިބައިން އެންމެ އުއްމީދީ ކުޅުންތެރިޔާ އަށް ޝަނީޒާގެ އިތުރުން ފާތިމަތު ޖޫޒަން އާއި ހައްވާ ޝަހާ ވާދަކުރެއެވެ.

ޝަނީޒާ އަދި ތަހޫރާ އަކީ މިދިޔައަހަރު އޮތް ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. އަދި އެ މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނޭ 6 ކުޅުންތެރިންގެ ތެރޭގައި ފާތިމަތު ތޮހޫރާ ހިމެނިފައިވެއެވެ.

މި ދެ ކުޅުންތެރިންނަކީވެސް މިދިޔައަހަރު ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ޗެމްޕިޔަންކަން ހޯދި ޓީމް ޕޯލްސްޓަރ ގައި ގަދަ ކުޅުމެއް ދައްކާފައިވާ ފާހަގަކޮށްލެވޭ 2 ކުޅުންތެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355