twitterviber whatsapp telegramfacebookyoutube instagram
14th August 2026

އެންމެ އަލިގަދަ ތަރީގެ އޮޑިޝަން މާދަމަ އިހަވަންދޫގައި

May 28, 2016

ބައި މިލިއަން ރުފިޔާގެ ފައިސާގެ އިނާމައެކު މި އަހަރު ރަމަޟާންމަހު ގެނެސްދޭ އެންމެ އަލިގަދަ ތަރީގެ އިހަވަންދޫ އޮޑިޝަން މާދަމާ ފެށޭނެ އެވެ.

ޕަބްލިކް ސާރވިސް މީޑިއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ އިހަވަންދޫ އޮޑިޝަން ފެށޭނީ މާދަމާ 10:00 ގައި އިހަވަންދޫ ސްކޫލުގަ އެވެ.

ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޮޓޯޖެހި ރަސްމީ ލިއުމެއް ހިފައިގެން މާދަމާ 10:00 އަށް އިހަވަންދޫ މަދަރުސާއަށް ދިއުމުން ރަޖިސްޓްރީވެވޭނެ އެވެ.

މި ޕްރޮގްރާމަކީ ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު އާންމުންގެ ހިތްތަކުގައި ލޯބި ޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެއް ކަމަށް ޕީއެސްއެމް އިން މައުލޫމާތު ދެއެވެ.

މިއީ އަލިގަދަ ތަރީގެ 4 ވަނަ ޕްރޮގްރާމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355