twitterviber whatsapp telegramfacebookyoutube instagram
14th June 2025

ފައިސާގެ އިނާމު ބޮޑުކޮށް ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

Jun 13, 2025

ކުޅުދުއްފުށި ސިޓީގައި ބާއްވާ އެންމެ އެންމެ ޝަފަރުވެރި ފުޓްބޯޅަ މުބާރާތްކަމަށްވާ "ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތް މިއަހަރު އޮންނާނީ އޮގަސްޓް 9 ވަނަ ދުވަހު އެވެ. އެހެންވުމުން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކް ގައިވާ ފޯމް މެދުވެރިކޮށް ހުށައެޅުން އެދެ އެވެ.

އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ، ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑި އަކީ 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ކަމުގައި ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527205 އަ

މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިއަށް ދާނެ ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އަދި ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ގައުމީ ފެންވަރުގައި ފުޓްބޯޅަކުޅޭ ޒުވާނުން އުފެއްދުމާއި ފުޓުބޯޅައަކީ ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަށް ވެފައި، ކުޅުދުއްފުއްޓަކީ ގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށެއް ކަމުގައި ހެދުމެވެ. އަދި ކުޅުދުއްފުށީގެ ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންދިއުމާއި ޒުވާނުން ކުށުގެވެށިން ދުރުކޮށް ރަށުގެ އިޖުތިމާއީ ރޫހު އާލާކޮށް ދިރުވުން ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވެ އެވެ.

މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ އަދަދަށް ރިއާޔަތްކޮށް އިތުރު އެހެން ރަށްރަށުގެ ޓީމުތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އިންތިޒާމުކުރާ ފަރާތުން ހާމަކުރެ އެވެ. އެގޮތުން މިދިޔަ އަހަރުތަކުގައި ބޭއްވި މުބާރާތުގައިވެސް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތުދިނެވެ.

މުބާރާތް ކުޅެވޭނީ ކަޕް ފޯމެޓަށެވެ. އަދި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލާފައި 5 ޓީމަށް ވުރެ ގިނަވެއްޖެނަމަ މުބާރާތް ކުޅޭނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތުގައި ހޮވާ ވަނަތައް:

ޗެމްޕިއަން ޓީމު (ޓްރޮފީ) 100،000 ރުފިޔާ: މިއީ މިހާތަނަށް ކުޅުދުއްފުށީގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތެވެ.
ރަނަރއަޕް ޓީމު (ޓްރޮފީ) 50000 ރުފިޔާ
ފެއަރ ޕްލޭ ޓީމު (ޝީލްޑް)
ބެސްޓް ޕްލޭޔަރ (ޓްރޮފީ) 2500 ރުފިޔާ
ބެސްޓް ޔަންގް ޕްލޭޔަރ (ޓްރޮފީ) 2000 ރުފިޔާ
ބެސްޓް ސްޓަރައިކަރު، މިޑްފީލްޑަރު އަދި ޑިފެންޑަރާއި ގޯލްކީޕަރު (ޓްރޮފީ) 1500 ރުފިޔާ
ޓޮޕް ސްކޯރާ (ޓްރޮފީ)
ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗް (ޓްރޮފީ)
ބެސްޓް ކޯޗު (ޓްރޮފީ)

މިދިޔަ އަހަރަށްވުރެ މިއަހަރުގެ މުބާރާތުގެ އަގުބޮޑުއިރު މިއީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށްދީފައިވަނީ 75 ހާސް ރުފިޔާ އެވެ. އަދި ރަނަރަޕް ޓީމަށް ދިނީ 20000 ހާސް ރުފިޔާ އެވެ.

ޕެނަލްޓީ ޖަހައިގެން ހިރިމަރަދޫ ޑޮމިނޭޓާސް ބަލިކޮށް، މިދިޔަ އަހަރުގެ ތަށި އުފުލާލީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355