twitterviber whatsapp telegramfacebookyoutube instagram
27th February 2026

އަފީފުއްދީން ސްކޫލް ފޭމް ނައިޓް: އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ ބާސްކެޓް ބޯޅައިން

އަބްދުލް ވާހިދު ޙަސަން
Jun 14, 2025

އަފީފުއްދީން ސްކޫލް ސްކޫލްގެ ދަރިވަރުންނަށް މިދިޔަ އަހަރު ބައިވެރިވި މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ބާސްކެޓް ބޯޅަ މުބާރާތުންނެވެ.

އެގޮތުން ބާސްކެޓް ބޯޅަ ޖޫނިއަރ ޗެމްޕިއަންޝިޕުން އެ ސްކޫލުން ވަނީ ޗެމްޕިއަން ކަމަށާއި ރަނަރަފްކަންވެސް ހޯދާފަ އެވެ.

އިތުރު ހަރަކާތްތަކުން ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަފީފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރުގެ ރޮނގުން ގިނަ ހިދުމަތްތަކެއް ކުރައްވައި އެދާއިރާއިން ކާމިޔާބީތަކެއް ހޯދާފައިވާ އަހުމަދު ދާއޫދު (ޑޭވިޑް) އެވެ.

ރޭގެ ރަސްމިއްޔާތުގައި 59 ދަރިވަރުންނަށް ވަނީ އިނާމު ލިބިފަ އެވެ. މިދިޔަ އަހަރު ސްކޫލްގެ ދަރިވަރުން އެކި މުބާރާތްތަކުގައި ވާދަކޮށް 30 ރަން މެޑަލް އާއި 32 ސިލްވަރ އަދި 17 ބްރޮންޒް މެޑަލް ހޯދި އެވެ. އޭގެ ތެރެއިން ވާދަކުރި މުބާރާތްތަކުގެ ތެރެއިން އެކި ހީޓްތަކުން އެއްވަނަ 25 ދަރިވަރަކު ހާސިލްކުރި އެވެ.

އެ ސްކޫލުން މިދިޔަ އަހަރު ވާދަކޮށް އިނާމު ވަނަ ހޯދި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ އިންޓަރ ހައުސް ފެތުމުގެ މުބާރާތާއި ބާސްކެޓް ބޯޅަ ޖޫނިއަރ ޗެމްޕިއަންޝިޕާއި ނަޞްރުގެ ދުވަހުގެ ކުރެހުމުގެ މުބާރާތާއި އިންޓަ ސްކޫލް ގުރުއާން މުބާރާތެވެ.

މީގެ އިތުރުން ނެޝަނަލް ކެޑޭޓް ކޭމްޕާއި އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް އަދި ލިޓްލް މެއިޑް ސިކްސާސް ކޭމްޕް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355