twitterviber whatsapp telegramfacebookyoutube instagram
13th June 2025

ޖަލާލުއްދީން ސްކޫލު ސާނަވީ ދަސްވެނިވުން ބާއްވައިފި

އަބްދުލް ވާހިދު ޙަސަން
Jun 12, 2025

ޖަލާލުއްދީން ސްކޫލްގެ ދަސްވެނިވުން ބާއްވައިފި އެވެ. ރޭ އެ ސްކޫލްގެ ހޯލުގައި ކުރިއަށްގެންދިޔަ މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕްރިންސިޕަލް އައިމިނަތު މުހައްމަދެވެ.

މިރަސްމިއްޔާތުގައި 69 ދަރިވަރުން ދަސްވެނިވިކަމުގައި ސެޓްފިކެޓް ހާސިލުކުރި އެވެ.

ދަރިވަރުންނާ މުހާތަބުކުރައްވައި ޕްރިންސިޕަލް އައިމިނަތު ވިދާޅުވީ، މި ހިސާބުން ދަރިވަރުންގެ ތައުލީމީ ހަޔާތް ނިންމާލައިގެން ނުވާނެ ކަމަށާއި ތައުލީމު ހޯދުމުގައި އަބަދުވެސް ކުރިއަށްދިޔުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވި އެވެ.

އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ހުރިހާ ދަރިވަރުން އެ ފުރުސަތުގެ ބޭނުން ހިފުމަށްވެސް އޭނާ އެދިލެއްވި އެވެ. އަދި ތައުލީމު ހޯދުމާއި އުނގެނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދެއްކެވި އެވެ.

މިރަސްމިއްޔާތުގައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލާއި ދަރިވަރުން އަދި ގިނަ އަދަދެއްގެ ބެލެނިވެރިންވެސް ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355