twitterviber whatsapp telegramfacebookyoutube instagram
28th March 2024

“މާކިއުރީ އެސްއޯ ހެޑް ކަޕް” ފުޓްބޯޅަ މުބާރާތް މާދަމާ ފެށޭނެ

May 30, 2016

އެސް އޯ ހެޑްގެ ވާދައިގެ ތައްޓަށް ކުޅެވޭ “މާކިއުރީ އެސްއޯ ހެޑް ކަޕް” ފުޓްބޯޅަ މުބާރާތް މާދަމާ ފެށޭނެ އެވެ. މިއީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

ގުރުއަތުލުން ރޭ ކުރިއަށް ދިޔައިރު މި މުބާރާތް ކުރިއަށްދާނީ މެއި މަހުގެ 31 އިން ޖޫން 5 އަށެވެ. މާހެފުމަކާއެކު ކުރިއަށް ދިޔަ މި ގުރުއަތުގައި ހަސަން މެރިންގެ މާކެޓިންގ މެނޭޖަރާއި ސޭލްސް މެނޭޖަރުގެ އިތުރުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ޕޮލިސް ސާވިސްގެ ސީނިއާ ބޭފުޅުންނާއި އިތުރު ފުލުހުންވެސް ބައިވެރިވި އެވެ.

މި މުބާރާތުގައި 9 ޓީމެއް ބައިވެރިވެފައިވާއިރު، ރޭގެ ރަސްމިއްޔާތުގައި ޓީމު ތަކުގެ ޖާޒީތައްވެސް ވަނީ ދައްކާލާފަ އެވެ. މި މުބާރާތް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ސެމީއަށް ދާ ގޮތަށެވެ. ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަކީ އެސްއާރްޔޫ އެވެ.

ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ބާއްވާ މި މުބާރާތް ސްޕޮންސަރކޮށްފައިވަނީ  ހަސަން މެރިންގެ ފަރާތުންނެވެ. ހަސަން މެރިން އަކީ ރާއްޖޭގައި މާކިއުރީ އައުޓްބޯޑް ވިއްކަމުން އަންނަ ފަރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355