twitterviber whatsapp telegramfacebookyoutube instagram
15th October 2026

75 ފެތުންތެރިނާއެކު ދިގު ފެތުމުގެ މުބާރާތް މާދަމާ ދިއްދޫގައި ފަށަނީ

Jun 2, 2016

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހއ. ދިއްދޫ ކައުންސިލާއި ކުލަބް ޖަމްއިއްޔާތައް ގުޅިގެން ބާއްވާ ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތް 75 ފެތުންތެރިންނާއެކު މާދަމާ ހއ. ދިއްދޫގައި ފަށަން ހަމަޖެހިއްޖެ އެވެ.

މި މުބާރާތުގައި 5 ކިލޯޓަރުގެ ރޭހުގައި 15 ފިރިހެން ފެތުންތެރިން ވާދަ ކުރާއިރު 5 ކިލޯމީޓަރުގެ ރޭހުގައި އަންހެން 8 ފެތުންތެރިން ވާދަ ކުރާނެއެވެ. މީގެ އިތުރުން 1 ކިލޯ މީޓަރުގެ ރޭހުގައި ފިރިހެން 38 ފެތުންތެރިން ވާދަކުރާއިރު 1 ކިލޯ މީޓަރުގެ ރޭހުގައި އަންހެން 6 ފެތުންތެރިން ވާދަ ކުރާނެކަމަށް ސްވިމިންގ އެސޯސިއޭޝަނުން ބުނެ އެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނީ 35 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލި 1 ކިލޯ މީޓަރުގެ ރޭހުގައި  8 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ. އެއީ ފިރިހެން 3 ފެތުންތެރިންނާއި އަންހެން 5 ފެތުންތެރިނެވެ.

މި މުބާރާތުގައި ދިއްދޫ އާއި އެހެނިހެން ރަށްރަށުން 45 ފެތުންތެރިން ބައިވެރިވެފައިވާއިރު މާލޭގައި ތަމްރީނު ހަދަމުންދާ 30 ފެތުންތެރިންވެސް  ވާދަ ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293