twitterviber whatsapp telegramfacebookyoutube instagram
15th October 2026

30000 ރުފިޔާގެ ފައިސާގެ އިނާމާއެކު ކުޅުދުއްފުށީ ބައިބަލާ ޗެލެންޖް އިއުލާނު ކޮށްފި

Jun 7, 2016

30000 ރުފިޔާގެ ފައިސާގެ އިނާމާއެކު ކުޅުދުއްފުށީ ބައިބަލާ ޗެލެންޖް އިއުލާނު ކޮށްފި އެވެ.

ޗެމްޕިއަން ޓީމަށް 20000 ރުފިޔާ، ރަނަރއަޕް ޓީމަށް 7000 ރުފިޔާ އަދި މިސްޓަރ ބައިބަލާއަށް 3000 ރުފިޔާ ހުށަހެޅިފައިވާ މި މުބާރާތަކީ ވޭތުވެދިޔަ ދެ އަހަރުވެސް ބާއްވާފައިވާ މުބާރާތެކެވެ. މި މަޤާމުތަކުގެ އިތުރުން އެންމެ މޮޅަށް ބޭރުން ކުޅޭ ކުޅުންތެރިޔާއާއި އެންމެ މޮޅަށް އެތެރޭން ކުޅޭ ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންވެސް ހޮވާނެ އެވެ.

ފިތުރު އީދާ ގުޅުވައިގެން ބާއްވަމުން އަންނަ މި މުބާރާތް މި އަހަރުވެސް ފެށުމަށް ހަމަޖެހިފައިވަނީ ދެވަނަ އީދު ދުވަހު އެވެ.މި މުބާރާތުގައި ބައިވެރުވުމުގެ ފޯމް 10 ޖޫން އިން ފެށިގެން ކުޅުދުއްފުށީ ލިޔާ ފިހާރައިން ލިބެން ހުންނާނެ ކަމަށް މުބާރާތުގެ އެއް ކޯޑިނޭޓަރު ކަމުގައިވާ އަކްރަމް މުހައްމަދު މައުލޫމާތު ދިނެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއެއް ކަމުގައި ކަނޑައަޅާފައިވަނީ 28 ޖޫން 2016 އެވެ. މުބާރާތުގެ ޤަވާއިދު މުބާރާތުގައި ބައިވެރިވުމުގެ ފޯމާއެކު ލިބޭނެ އެވެ.

އެންމެ ފަހުން ބޭއްވުނު ތިން ބައިބަލާ މުބާރާތުގައިވެސް ފަސް ޓީމެއް ބައިވެރިވިއިރު އެންމެ ފަހުން ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަންގަނޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293