twitterviber whatsapp telegramfacebookyoutube instagram
30th August 2026

ނޭކުރަންދޫ އެންޑް ޖަމިއްޔާގެ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތް ޖުލައި މަހު ބާއްވަނީ

Jun 23, 2016

ހދ ނޭކުރެންދޫ އެސޯސިއޭޝަން ފޮރ ނޭކުރަންދޫ ޑިވެލޮޕްމެންޓް ޖަމިއްޔާއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރެއްގައި ފިތުރު އީދުގައި ބާއްވަމުން އަންނަ ތްރީ އޮން ތްރީ ފުޓްބޯޅް މުބާރާތް މި އަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 6 ވާ ބުދަ ދުވަހު އެވެ. އަދި މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު 2016 ޖޫން 20 ވާ އާދިއްތަ ދުވަހުން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެންޑު ޖަމިއްޔާއިން ކުރި އިއުލާނުގައި ވެއެވެ.

މިޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ކިޑްސް ތްރީ އޮން ތްރީ މުބާރާތްވެސް ފިތުރު އީދުގަައި ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ކިޑްސް ތްރީ އޮން ތްރީ މުބާރާތައް ޓީމްތައްބެހުން އޮންނާނެ ތާރީހެ ފަހުން އިއުލާނު ކުރެވޭނެ ވާހަކަ އެ ޖަމިއްޔާއިން ބުނެއެވެ.

ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތައް ފޯމު ދޫކުރުމާއި ބަލައިގަތުމަށް އެންޑް ޖަމިއްޔާގެ އޮފީސް ހުޅުވާފައި ހުންނާނީ ރޭގަނޑު 9:30 ން 10:00 އަށް ކަމަށް އެޖަމިއްޔާއިން ކުރި އިއުލާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355