twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ރާއްޖޭގެ ޖޫނިއަރ އެންމެ ބާރު އަންހެން ދުވުންތެރިޔާއަކަށް ނަޝާ

Jun 25, 2016

ރާއްޖޭގެ ޖޫނިއަރ ލެވެލްގެ އެންމެ ބާރު އަންހެން ދުވުންތެރިޔާގެ މަގާމް ކުޅުދުއްފުށީ، ޒަމްޒަމްގެ ނަޝާ ނިޒާރު ހޯދައިފިއެވެ.

އުއްމީދީ އެތުލީޓް ނަޝާ މިމަގާމް ހޯދާފައިވަނީ ވިއެޓްނާމްގެ ހޯ ޗި މިންހް ސިޓީގައި މިޖޫން މަހުގެ 3 ން 6 އަށް ބޭއްވި 17 ވަނަ އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގަ އެވެ. މި މުބާރާތުގައި 200މ ދުވުމުގައި 26 ސިކުންތުން ރޭސް ނިންމާފައިވާ އިރު ނަޝާ ވަނީ މި މުބާރާތުގެ 400މ ދުވުމުގެ ރޭސް 1.02 ން ނިންމާފައެވެ.

މިދިޔަ އަހަރު މާލޭގައި ބޭއްވި 25 ވަނަ ޤައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ އެންމެ ކާމިޔާބު އެތުލީޓަކަށްވެސް ހޮވިފައިވަނީ ނަޝާއެވެ. އެމުބާރާތުގައި 200މ ގެ ދުވުމުގެ ރޭސް ނަޝާ ނިންމީ 28.4 ސިކުންތުންނެވެ.

ރާއްޖޭގެ ޖޫނިއަރ ލެވެލްގެ އެންމެ ބާރު ފިރިހެން ދުވުންތެރިޔަކީ ވެސް ކުޅުދުއްފުށީ ދުވުންތެރިއެކެވެ. އެއީ އަހުމަދު އަނޫފް މުހައްމަދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355