ރެޑްބުލް ގޭމް އޮން ގެ ނަމުގައި ރެޑްބުލް އިން އިންތިޒާމްކޮށްގެން ބާއްވާ ޕީއެސް 4 ފީފާ ފުޓްބޯޅަ މުބާރާތުގެ މާލޭ ކޮލިފައިން މެޗްތައް ރޭ ފަށައިފި އެވެ.
ރޭ ކުޅުނު މާލޭގެ ކުއަލިފައިން ބުރުން އެއް ކުޅުންތެރިއެއް މިހާރު ވަނީ އަންނަ މަހުގެ ގައުމީ ފައިނަލައް ދަތުރު ކޮއްފައެވެ. ހުރިހާ މެޗަކުން މޮޅު ކުޅުމެއް ދެއްކުމައްފަހު، އަލީ ރާއިދު ހަސަން ފައިނަލްގާ އަލީ އިޝާދު އާ ވާދަކޮއް 2-3 އިން މޮޅުވެފާއެވެ.
ރެޑްބުލް އިން ވަނީ މި މުބާރާތަށް ވަކި ގަވާއިދާއި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ގޭމްގެ ފޯމޭޝަން ހެދުމަށް ކޮންމެ ބައިވެރިއަކަށްވެސް ލިބޭނީ 2 މިނިޓެވެ. ކޮލިފައިން މެޗްތަކުގެ ދިގުމިނަކީ 8 މިނިޓެވެ. އެއީ ކޮންމެ ހާފެއްގައި 4 މިނެޓެވެ. އަދި ނެޝަނަލް ފައިނަލްސްގައި ކުޅޭ މެޗްތަކުގެ ދިގުމިނަކީ 10 މިނެޓެވެ. އެއީ 5 މިނެޓެގެ ދެ ހާފެވެ.
އަދި މެޗް ކުޅެމުންދާއިރު ކޮންމެ ބައިވެރިއަކަށްވެސް ޓައިމް އައުޓް (ޕޯސް) ނެގޭނީ ގިނަވެގެން 4 ފަހަރެވެ. އިދިކޮޅު ބައިވަރިޔާ އަތުގައި ބޯޅަ އޮއްވާ މެޗް ޕޯސް ކޮށްފިނަމަ ފުރަތަމަ ފަހަރަށް އިންޒާރު ދެވޭނެއެވެ. އަދި ދެވަނަ ފަހަރު ތަކުރާރު ކޮށްފިނަމަ މެޗުން އެ ބައިވެރިޔަކު ޑިސްކޮލިފައިކޮށްލެވޭނެއެވެ. މި މުބާރާތާއި ބެހޭ އިތުރު ގަވާއިދުތައް ރެޑްބުލް ގޭމް އޮންގެ ފޭސްބުކް ޕޭޖްގައި ލިބެން ހުންނާނެއެވެ.
މާލޭގައި މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗާންދަނީމަގުގައި ހުންނަ މއ. ސެމީޑީލްގެ 2 ވަނަ ފަންގިފިލާގައި ހުންނަ އިންޑޯ ހޯލުގައެވެ.
މާލޭގާ އަދި ކުރިއައް އޮތް 384 ބައިވެރިންނާއެކު މާލޭގައި ފަށާ ކޮލިފައިން މެޗްތައް ފަށަން ހަމެޖިފައިވަނީ މިރޭ 9:00 ގައެވެ.
މާލޭ ކޮލިފައިންގެ މެޗުތައް އޮންނާނީ މިރޭ އަދި 30 ޖޫން ގައި އެވެ. ހުޅުމާލޭ ކުރިއަށް ގެންދާ މެޗުތައް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ޖޫން ގައި އެވެ. ކާށިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މެޗުތައް 1 ޖުލައި ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މާފުށި މެޗުތައް ބާއްވާނީ 5 ޖުލައި ގައި އެވެ. އަދި ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 5 ވަނަ ދުވަހު މާލޭގަ އެވެ.
މި މުބާރާތުން އެއްވަނައަށްދާ ބައިވެރިއަކަށް -/10000 ރުފިޔާ އަދި ރީފްސައިޑުން ދޭ 49″ ގެ އެލްޖީ ޓީވީއަކާއި ޕްލޭސްސްޓޭޝަން 4 އެއް ލިބެއެވެ. މުބާރާތުން ދެވަނައަށް ދާ ފަރާތަކަށް -/5000 ރުފިޔާގެ ފައިސާގެ އިނާމެއް ރެޑްބުލްއިން ހުށަހަޅާފައިވެއެވެ.
މި މުބާރާތުގެ އިލެކްޓްރޯނިކްސް ޕާރޓްނަރ އަކީ ރީފްސައިޑް އަދި LG ޓީވީ އެވެ.