twitterviber whatsapp telegramfacebookyoutube instagram
20th April 2025

މިނިވަން 50 މުބާރާތުގައި ޖުމްލަ 75 ޓީމު، ހދ އަތޮޅުން 6 ޓީމު

Jul 1, 2016

މި އަހަރުގެ މިނިވަން 50 މުބާރާތުގައި ޖުމްލަ 75 ޓީމު ބައިވެރިވެފައިވާއިރު، ހދ އަތޮޅުން 6 ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި އަހަރުގެ މުބާރާތުގައި ހދ އަތޮޅުން ބައިވެރިވެފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ނޮޅިވަރަމް އާއި، ކުޅުދުއްފުށި، ހަނިމާދޫ، ނެއްލައިދޫ، ނޭކުރެންދޫ އަދި ކުރިނބީ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ހަމައެކަނި ކުޅުދުއްފުއްޓާއި ނޮޅިވަރަމް އެވެ،

2015 ވަނަ އަހަރުގެ ހދ އަދި ޒޯން 1 ގެ ޗެމްޕިއަން ނޮޅިވަރަމް

ޒޯން 1 ގައި ހިމެނޭ ހދ އަތޮޅުގެ އިތުރުން ހއ އިން މި މުބާރާތުގައި ވާދަކުރަނީ އިހަވަންދޫ، ކެލާ، މާރާންދޫ އަދި ދިއްދޫ އެވެ. މި އަހަރުގެ މުބާރާތުގައި އެއްވެސް ޓީމެއް ބައިވެރިވެފައި ނުވަނީ ހަމައެކަނި އަލިފް އަލިފް އަތޮޅުންނެވެ.

މި މަހުގެ 26 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މި އަހަރުގެ އަތޮޅު ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މުބާރާތް ހޯސްޓް ކުރާ ރަށެއްގަ އެވެ. ނަމަވެސް ޒޯން ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ވޭތުވެދިޔަ އަހަރެކޭ އެއްގޮތަށް ހޯމް އެންޑް އަވޭ އުސޫލުންނެވެ.

މި އަހަރުގެ މުބާރާތުގައި ޓީމް ލިސްޓް ހުށަހަޅާއިރު 21 އަހަރުން ދަށުގެ 7 ކުޅުންތެރިންގެ ނަން ހިމަނަން ޖެހެ އެވެ. މި އަހަރުގެ މުބާރާތްވެސް އެކި އަތޮޅު ތަކުގައި ފެށުމަށް ހަމަޖެހިފައިވަނީ އެކި ތާރީޚްތަކުގަ އެވެ.

ވޭތުވެދިޔަ އަހަރުގެ ފައިނަލް ބުރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސ ފޭދޫންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355