twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފޯރިގަދަ ކުޅުދުއްފުށީ ބައިބަލާ ޗެލެންޖް ފެށިއްޖެ

Jul 8, 2016

ކުޅުދުއްފުށީ ބައިބަލާ ޗެލެންޖް 1437 ފެށިއްޖެ އެވެ.

ފިތުރު އީދާ ގުޅުވައިގެން ކޮންމެ އަހަރެއްގެ އީދުގައިވެސް ކުޅުދުއްފުށީގައި މިހާރު ބޭއްވޭ ބައިބަލާ ޗެލެންޖްގައި މި އަހަރު ޖުމްލަ 6 ޓީމު ވާދަކުރެ އެވެ.

ރޭގެ ކުޅުނު ފުރަތަމަ މެޗުގައި ވޭތުވެދިޔަ ދެ އަހަރުވެސް މި މުބާރާތުން ފެނުނު ދަލުބޭރުން އަދި މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ އެމްއެލް ޓީނޭޖް ސްޕޯޓްސް ކުޅުނު މެޗު ސީދާ ދެ ގޭމުން ކާމިޔާބު ކުރީ ދަލުބޭރުންނެވެ. ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން މަންގަނޑުގައި ހިމެނޭ ގިނަ ކުޅުންތެރިން ތަކެއް ހިމެނޭ ދަލު ބޭރުން ޓީމުން އެތެރެ ގޭމް 13-0 އިން ކާމިޔާބުކުރިއިރު ބޭރު ގޭމް ގެންދިޔައީ 10-0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ އެންމެ ފަހުގެ މިސްޓަރ ބައިބަލާ ޝިރާން އަބްދުﷲ (ޝިރާންޓެ) އެވެ.

ނިއުއޭޖް އަދި މިސްޓޭކް ކުޅުނު މެޗުގައި ނިއުއޭޖްގެ އަޖޫ ބަލަހައްޓައިގެން

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އެންމެ ފުރަތަމަ ބައިބަލާ ޗެލެންޖްގެ ޗެމްޕިއަން ޖެމްރޮކް އަދި ލުނަޓިކް ސްޕޯޓްސް ބައްދަލުކުރި މެޗު ސީދާ ދެ ގޭމުން ކާމިޔާބުކުރީ ޖެމްރޮކުންނެވެ. ޖެމްރޮކުން ފުރަތަމަ ގޭމް އެތެރޭން ކުޅެ 10-5 އިން ކާމިޔާބުކުރިއިރު ދެވަނަ ގޭމް އެތެރޭން ކުޅެ ކާމިޔާބުކުރީ 18-3 އިންނެވެ. މި މެޗުގެ މޮޅު ކުޅުންޔެރިޔަކަށް ހޮވުނީ 2012 ވަނަ އަހަރުގެ ބޮޑު އީދުގައި ބޭއްވުނު ބައިބަލާ މުބާރާތުގެ މިސްޓަރ ބައިބަލާ އަސްޖައު މޫސާ އެވެ.

ތިން ވަނަ މެޗުގައި ބައްދަލުކުރީ ވޭތުވެދިޔަ ދެ އަހަރުގެ ބައިބަލާގެ ރަނަރއަޕް ނިއުއޭޖް އަދި މިސްޓޭކް ސްޕޯޓްސް އެވެ. މި މެޗުވެސް ސީދާ ދެ ގޭމުން ކާމިޔާބުކުރީ ނިއުއޭޖްއިންނެވެ. ފުރަތަމަ ގޭމް ނިއުއޭޖުން ބޭރުން ކުޅެގެން ކާމިޔާބުކުރީ 9-8 އިންނެވެ. ދެވަނަ ގޭމް އެތެރޭން ކުޅެގެން 14-5 އިން ވަނީ ކާމިޔާބުކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިއުއޭޖް ގެ ނައުފަލް އަހްމަދު އެވެ.

ހަތަރު ވަނަ ގޭމްގައި ޖެމްރޮކް އަދި އެމްއެލް ޓީނޭޖް ސްޕޯޓްސް ބައްދަލުކުރިއިރު ވާދަވެރި ދެ ގޭމަށްފަހު މެޗު ކާމިޔާބުކުރީ ޖެމްރޮކުންނެވެ. ޖެމްރޮކުން ބޭރުން ކުޅެ ފުރަތަމަ ގޭމް 10-6 އިން ކާމިޔާބު ކުރިއިރު ދެވަނަ ގޭމް އެތެރޭން ކުޅެ ޖެމްރޮކުން ގެންދިޔައީ 8-7 އިންނެވެ.  މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖެމްރޮކްގެ ޝަމްނޫޒް މުހައްމަދު(ޝައްމެ) އެވެ.

ޖެމްރޮކާއި އެމް އެލް ޓީނޭޖް ކުޅުނު މެޗުގައި ޖެމްރޮކްގެ ޝައްމެ ހިފަހައްޓާފައި

ރޭގެ އެންމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައީ ފަހު މެޗުގަ އެވެ. މި މެޗުގައި ދަލުބޭރުން އަދި ނިއުއޭޖް ބައްދަލުކުރިއިރު ގަދަ ހިފުމަށް ގޮސްގެން މެޗު ކާމިޔާބުކުރީ ދަލުބޭރުންނެވެ. ދަލުބޭރުން އެ ޓީމުގެ އެތެރެ ގޭމު 11-3 އިން ކާމިޔާބު ކޮށްފައިވާއިރު ނިއުއޭޖުން އެ ޓީމުގެ އެތެރެ ގޭމް ކާމިޔާބުކުރީ 19-1 އިންނެވެ. ގަދަހިފުމުގައި ތިން ވަނަ ހިފުމަށް ގޮސްގެން މެޗު ނިމުނުއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިއުއޭޖްގެ އަލީ އަބޫބަކުރު (ބަކައްޅެ) އެވެ.

މިރޭވެސް މި މުބާރާތުގެ ފަސް މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 2030 ގަ އެވެ. ފުރަތަމަ މެޗުގައި މިސްޓޭކް އަދި ލުނަޓިކް ސްޕޯޓްސް ކުޅޭއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ނިއުއޭޖް އަދި އެމްއެލް ޓީނޭޖް ސްޕޯޓްސް އެވެ. ތިން ވަނަ މެޗުގައި ޖެމްރޮކް އަދި މިސްޓޭކް ސްޕޯޓްސް ބައްދަލުކުރާއިރު ހަތަރު ވަނަ މެޗުގައި ކުޅޭނީ ލުނަޓިކް ސްޕޯޓްސް އަދި ދަލުބޭރުންނެވެ. ފަހު މެޗުގައި ކުޅޭނީ ޖެމްރޮކް އަދި ނިއުއޭޖް އެވެ.

މިސްޓޭކް އަދި ނިއުއޭޖް މެޗުގެ ތެރެއިން

ޖުމްލަ ތިރީސް ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެލިއާ އިންވެސްޓްމެންޓްގެ ޔަމަހާ އެވެ. ކޯ ސްޕޮންސަރަކީ ލިޔާ ފިހާރަ އެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިސްޓަރ ބައިބަލާގެ ފައިސާގެ އިނާމު ސްޕޮންސަރ ކޮށްފައިވަނީ ކުޅުދުއްފުށި އޮންލައިން އިންނެވެ. އަދި ބެސްޓް އެޓޭކަރ އަދި ބެސްޓް ޑިފެންޑަރ ގެ މަޤަމު ސްޕޮންސަރ ކޮށްފައިވަނީ ފްލޯރަލް ބައި ޗައްޕޫ އިންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355