twitterviber whatsapp telegramfacebookyoutube instagram
6th July 2025

ކުޅުދުއްފުށީ ބައިބަލާ ޗެލެންޖުގެ ފައިނަލް މެޗު މާދަމާ ރެއަށް ފަސްކޮށްފި

Jul 10, 2016

ކުޅުދުއްފުށީ ބައިބަލާ ޗެލެންޖު 1437 ގެ ފައިނަލް މެޗު މާދަމާ ރެއަށް ފަސްކޮށްފި އެވެ.

މިރޭ 21:00 ގައި ކުޅުމަށް ތާވަލު ކޮށްފައި އޮތް ފައިނަލު މެޗު މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:00 ގައި މަގާން މަގާ ދިމާ ވެލިގަނޑުގަ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިނަލް މެޗު ލަސްކުރީ ފައިނަލްގައި ވާދަކުރާ ޖެމްރޮކް ޓީމުން ކުރި ރިކުއެސްޓަކާ ގުޅިގެންނެވެ. ޖެމްރޮކްގެ މުހިއްމު ކުޅުންތެރިއެއް ކަމުގައިވާ އަހްމަދު އަލީ (ބައްޑެ) ގެ  ބޭބޭ މުހައްމަދު އަލީ (ބައްދު މުހައްމަދު) ރޭ ވަނީ ވަރަށް ކުއްލި ގޮތަކަށް ނިޔާވެފަ އެވެ.

ފައިނަލް މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ 2014 ވަނަ އަހަރުގެ ޗެމްޕިއަން ޖެމްރޮކް އަދި ފައިނަލްގައި އަލަށް ވާދަކުރާ ދަލުބޭރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355