twitterviber whatsapp telegramfacebookyoutube instagram
7th September 2025

މިނިވަން 50 އަތޮޅު ބުރު: އުތުރުން ހޯސްޓްކުރާ 3 ރަށް

Jul 10, 2016

މިނިވަން 50 އަތޮޅު ބުރުގައި އުތުރުގެ 3 އަތޮޅުން ހޯސްޓްކުރާނީ ކެލާ، ކުޅުދުއްފުށީ އަދި މިލަންދޫ އިންނެވެ.

މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ރަށްތަކާއި ތާރީހް ހާމަކޮށްފި އެވެ.

އެގޮތުން މިނިވަން 50 ގެ ފުރަތަމަ ބުރު ނުވަތަ އަތޮޅު ބުރު ހއ އަތޮޅުގައި ކުޅުމަށް ހަމަޖެހިފައިވަނީ ކެލާގަ އެވެ. ހއ އަތޮޅުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 3 އޯގަސްޓުން 13 އޯގަސްޓްގެ ނިޔަލަށެވެ.

ހއ އަތޮޅު މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 4 ޓީމަކުންނެވެ. އެއީ އިހަވަންދޫ، ކެލާ، މާރާންދޫ އަދި ދިއްދޫ އެވެ.

ހދ ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި އެވެ. ހދ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 27 ގަ އެވެ. އެއަތޮޅުގެ މެޗުތައް 13 އޯގަސްޓާ ހަމައަށް ކުރިއަށްގެންދާއިރު 6 ރަށަކުން ވަނީ މުބާރާތުގައި ބައިވެރިވެފަ އެވެ.

ހދ އިން މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ނޮޅިވަރަމް އާއި، ކުޅުދުއްފުށި، ހަނިމާދޫ، ނެއްލައިދޫ، ނޭކުރެންދޫ އަދި ކުރިނބީ އެވެ.

ށ އަތޮޅުގައި މިމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިލަންދޫގައި އެވެ. ށ އަތޮޅުގެ މެޗުތައް ކުރިއަށްގެންދަނީ އޯގަސްޓް 9 ކުން 26 ށެވެ. އެއަތޮޅުން ބައިވެރިވެފައިވަނީ ފޯކައިދޫ، މިލަންދޫ، ފުނަދޫ، ނަރުދޫ، ޅައިމަގު، އަދި ގޮއިދޫ އެވެ.

ވޭތުވެދިޔަ އަހަރުގެ ފައިނަލް ބުރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސ ފޭދޫންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355