twitterviber whatsapp telegramfacebookyoutube instagram
24th April 2024

“ގޯލްޑަން ފުޓްސަލް ޗެލެންޖް” ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިފި

Jul 31, 2016

ގޯލްޑަން ފުޓްސަލް އެސޯސިއޭޝިއަނުން ރާއްޖޭގައި ބާއްވާ ފުޓްސަލް މުބާރާތް “ގޯލްޑަން ފުޓްސަލް ޗެލެންޖް” ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިފި އެވެ.

ބައިނަލް އަޤަވާމީ ފުޓްސަލް އާލިއަންސް ގެ މެންބަރެއް ކަމަށްވާ ގޯލްޑަން ފުޓްސަލް އިން އިންތިޒާމް ކުރާ މި މުބާރާތް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 15 އޯގަސްޓް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބައިވެރި ކުރެވޭނީ އެންމެ ޓީމެކެވެ. އަދި އެ ރަށަކުން ބައިވެރިކުރާ ޓީމެއްގައި ހިމެނޭނީ އެ ރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށް އެކަންޔެވެ. ނަމަވެސް ފުވައްމުލައް އަަދި މާލޭ ސިޓީ އަށް އަވަށް ތަކުގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާއިރު މާލޭން ބައިވެރިވާން އެދޭ ހުރިހާ ޓީމަކަށް ވެސް ފުރުސަތު ދޭން ވަނީ ނިންމާފަ އެވެ.

ފުރަތަމަ ގުރޫޕް ސްޓޭޖް އަތޮޅު ބުރެެއްގެ ގޮތުގައި ކުރިއަށް ދާއިރު ދެވަނަ ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަތޮޅު ބުރުގެ ގަދަ ޓީމުތައް އެ ޒޯނުގެ ޓީމުތަކުގެ މެދުގައި ކުޅޭ ގޮތަށެވެ. އަދި ޒޯނު ބުރުން ގަދަ 8 ޓީމު ކުއާޓާ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50,000ރ ހުށަހެޅިފައިވާއިރު މި މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުން 4,000ރ ނަގަ އެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 1 އިން 30 އަށެވެ.

މި މުބާރާތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ނަމަ 9994470 އާ ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް އެ އެސޯސިއޭސަނުން މައުލޫމާތު ދެ އެވެ.

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އަޔާޒް ބޯޅަ ހިފައިގެން ދަނީ – ފޮޓޯ: ޒިގްޒެގް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355