twitterviber whatsapp telegramfacebookyoutube instagram
6th May 2025

އަފީފުއްދީން ސްކޫލުގެ އަދަބީ ގުލްޒާރުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފި

Nov 10, 2010

އިބްރާހިމް ހަމީދު

އަފީފުއްދީން ސްކޫލްގެ އަދަބީ ގުލްޒާރުގެ ފަރާތުން މިއަހަރު ބޭއްވި ހަރަކާތް ތަކުގެ ނިމުން ފާހަގަ ކޮށް ވަނަވަނަ އަށް އައި ކުދިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. އަފީފުއްދީން ސްކޫލް ހޯލްގައި އިއްޔެ ކުރިއަށް ދިޔަ މިރަސްމިއްޔާތު ފެށިގެން ދިޔައީ ގުރޭޑް 7 ބީ ގެ ދަރިވަރު އިބްރާހިމް އަހްމަދުގެ ގުރުއާން ކިޔެވުމުންނެވެ.

އަދަބީ ގުލްޒާރުގެ ހަރަކާތް ތަކަކީ ކޮންމެ އަހަރަކުވެސް އެސްކޫލުން ކުރިއަށް ގެންދާ ހަރަކާތް ތަކެއް ކަމަށް އަދަބީ ގުލްޒާރުގެ ރައީސް އަހްމަދު މޫސާ ކުޅުދުއްފުށީ ޑޮޓްކޮމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.  އެގޮތުން މިއަހަރު ގްރޭޑް 1 ން  7 އަކަށް ޖުމްލަ  11 މުބާރާތް އެ ސްކޫލުން ބާއްވާފައިވެއެވެ. އަދަބީ ގުލްޒާރުގެ ފަރާތުން ބާއްވާ މުބާރާތްތަކުގެ ތެރޭގައި ރައިވަރު ކިޔުން، ވާހަކަ ލިޔުން،  ޖުމްލަ ލިޔުން، ޕެރެގުރާފް ކިޔުން އަދި ރީތި ކޮށް ތާނަ ލިޔުން ހިމެނެއެވެ.

މިއަހަރު މިމުބާރާތް ތަކުގައި 205 ކުދިން ބައިވެރިވެ 125 ކުދިން ވަނީ ޖުމްލަ 160 އިނާމް ހާސިލުކޮށްފަ އެވެ. މިރަސްމިއްޔާތުގައި އިނާމް ތައް ބައްސަވައި ދެއްވީ ޝަރަފުވެރި މެހެމާނުގެ އިތުރުން ސްކޫލްގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެސްކޫލްގެ ޕްރިންސިޕަލް އަދި މަތި އުތުރު ޕްރޮވިންސް އޮފީހުގެ އެޑިޔުކޭޝަން ޔުނިޓް ހިންގެވުމާއި ހަވާލުވެ ހުންނެވި އިބްރާހިމް އާސިފް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355