twitterviber whatsapp telegramfacebookyoutube instagram
4th May 2025

މިއަހަރާއި މިއަންނަ އަހަރު 2130 މަޝްރޫއެއް އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާނެ: ރައީސް

ސަރުކާރުގެ ފުރަތަމަ އަހަރު އެންމެ ބޮޑު އިސްކަމެއް ދިނީ، ކުރީގެ ސަރުކާރުގައި ފަށާ ހުއްޓިފައިވާ މަސައްކަތްތައް އަވަސްކުރުމަށްކަމަށް ރައީސް ވިދާޅުވި

އަބްދުލް ވާހިދު ޙަސަން
May 3, 2025

މިއަހަރާ މިއަންނަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 2130 މަޝްރޫއެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ސަރުކާރަކީ ނަތީޖާ ނެރުމަށް މަސައްކަތް ކުރާ ސަރުކާރެއްކަމަށާއި ވައުދުތައް ފުއްދުމުގައި މުޅި ސަރުކާރު އޮތީ އެކުގައިކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ދާއިރާއިން ކުރިއަށް މިއޮތް ދެ އަހަރު ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށެވެ.

އެގޮތުން ޖުމްލަ 2130 މަޝްރޫއު ކުރިއަށްގެންދިއުމުގެ ވައުދު ކަނޑައަޅާފައިވާކަމަށާއި ކޮންމެ ވައުދަކީ، ރައީސް އޮފީހުގައި ވަރަށް ސިސްޓަމެއްޓިކްކޮށް ލިސްޓުކުރެވި، ކުރިއަށްދާގޮތް ބަލަމުންދާ ވައުދުތަކެއްކަމަށެވެ. އަދި ކޮންމެ ވައުދެއް ހާސިލްވަމުންދާ މިންވަރު ވަކިވަކިން ބަލާ ވައުދުތައްކަމަށެވެ.

މުޅި ސަރުކާރުން މަސައްކަތްކުރަނީ ވައުދު ފުއްދައި ނަތީޖާ ނެރުމުގެ އަމާޒަށް ކަމަށާއި ކޮންމެ މަގާމަކަށް އައްޔަނުކޮށްފައިވާ މިހަކީ ވައުދުފުއްދުމަށް މަސައްކަތްކުރަން އައްޔަނުކުރި މީހެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.ސަރުކާރުގެ ފުރަތަމަ އަހަރު އެންމެ ބޮޑު އިސްކަމެއް ދިނީ، ކުރީގެ ސަރުކާރުގައި ފަށާ ހުއްޓިފައިވާ މަސައްކަތްތައް އަވަސްކުރުމަށެވެ. އެގޮތުން މި މަސައްކަތުގައި ބޮޑެތި ކުރިއެރިއެރުންތައް ސަރުކާރުން ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި މިހާރު މި ސަރުކާރުގެ މެނިފެސްޓޯހައި ހިމެނޭ މަޝްރޫއުތައް ސަރުކާރުން ވަނީ ފައްޓަވާފައެވެ. މިއަހަރަށް ބަލާއިރު، މި އަހަރު ވެގެންދާނީ ރައްޔިތުން ގެދޮރުވެރިކުރުމުގެ އަހަރުގެ ގޮތުގައި ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355