twitterviber whatsapp telegramfacebookyoutube instagram
18th May 2024

ނެއްލައިދޫއާއި ވާދަކޮށް ކުޅުދުއްފުށީ ޓީމް މޮޅުވެއްޖެ

Aug 9, 2016

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި ނެއްލައިދޫއާއި ވާދަކޮށް ކުޅުދުއްފުށީ ޓީމް 0-2 ކުން މޮޅުވެއްޖެ އެވެ.

މިމެޗްގައި ކުޅުދުއްފުށީ ޓީމުން ޖެހި ފުރަތަމަ ގޯލް ޖަހާފައިވަނީ 23 ވަނަ މިނެޓްގައި އެޓީމްގެ ނަދީމް އާދަމްއެވެ. އަދި ދެވަނަ ގޯލް ޖަހާފައިވަނީ 73 ވަނަ މިނެޓްގައި ފަރުހަތު މުހައްމަދެވެ.

ކުޅުދުއްފުށީ ޓީމުން މިހާތަނަށް ކުޅުނު 3 މެޗްގެތެރެއިން 2 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ ލިބިފައިވަނީ 7 ޕޮއިންޓެވެ. ނެއްލައިދޫ ޓީމް 3 މެޗް ކުޅޭފައިވާއިރު 1 މެޗުން މޮޅުވެ 2 މެޗުން ބަލިވެ ލިބިފައިވަނީ 3 ޕޮއިންޓެވެ.

މިއަދު ކުޅޭ މެޗްގައި ބައްދަލުކުރަނީ ހަނިމާދޫ އަދި ނޮޅިވަރަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355