twitterviber whatsapp telegramfacebookyoutube instagram
18th May 2024

ފަހު ވަގުތު ހަސަން ކާމިޔާބުކޮށްދިން ޕެނަލްޓީއިން ނޭކުރެންދޫއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށްފި

Aug 12, 2016

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި ނޭކުރެންދޫއާ ކުޅުދުއްފުށި ބައްދަލުކުރި މެޗުގައި ފަހު ވަގުތު ހަސަން މުހައްމަދު (ނޫވިލޭ) ކާމިޔާބުކޮށްދިން ޕެނަލްޓީއިން 1-1 އިން މެޗު އެއްވަރުވެއްޖެ އެވެ.

މި މެޗަށް ނުކުތްއިރުވެސް ފައިނަލުގެ ޖާގަ ކަށަވަރުވެފައި އޮތް ކުޅުދުއްފުށި ޓީމުން މިއަދު ނުކުތީ ފުރަތަމަ 11 ގެ ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނޭކުރެންދޫއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން ނޭކުރެންދޫ ޓީމުގެ ޖާޒީ ނަންބަރު 9 މުހައްމަދު އަބްދުލް ކަރީމް އެވެ.

ކުޅުދުއްފުށީ ސަޕޯޓަރުންގެ އަޑުން ސްޓޭޑިއަމް ގުގުމާލާފައި އޮތް މި މެޗުގައި ކުޅުދުއްފުށީ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

އައިސްލެންޑު ސަޕޯޓަރުންގެ ފަރާތުން މަޝްހޫރު ވެފައިވާ “ވައިކިން ކްލެޕްސް” އަދި ސަޕޯޓަރުންގެ އަޑާއި ބެރުގެ އަޑުން ގުގުމާލާފައި އޮތް މި މެޗުގައި ކުޅުދުއްފުށީ ޓީމުން އެއްވަރު ކުރީ މެޗުގެ ފަހު ހާފުގައި ދެއްކި އިތުރު ވަގުތުގެ އެއް މިނެޓް ތެރޭގަ އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ އަދި ނެއްލައިދޫ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު  އޮންނާނީ 16 އޯގަސްޓްވާ އަންގާރު ދުވަހު ހަވީރު 15:45 ގަ އެވެ. ޓީމް ކުޅުދުއްފުށި ފޭންސް ކުލަބުގެ ފަރާތުން ވީހާވެސް ގިނަ ސަޕޯޓަރުން ރަތް ކުލާގައި ދަނޑަށް ހާޒިރުވުމަށް އެދެ އެވެ. މާދަމާ ރޭ  އެންމެހާ ސަޕޯޓަރުންނަށާއި ކުޅުންތެރިންނަށް ހުޅުވާލައިގެން ތައްޔާރު ކުރެވިފައިވާ ބާބެކިއުއެއް އޭއީސީގައި އޮނާނެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355