twitterviber whatsapp telegramfacebookyoutube instagram
30th August 2026

ހަނިމާދޫ އަދި ނެއްލައިދޫ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

Aug 13, 2016

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި ހަނިމާދޫ އަދި ނެއްލައިދޫ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 59 ވަނަ މިނެޓްގައި ނެއްލައިދޫ އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ހުނަރުވެރި ފޯވާޑު ހަސަން ޝާމިލް (މިލޭ) އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި 4 ވަނަ ލަނޑެވެ.

މި މެޗަށް ނުކުތްއިރުވެސް ފައިނަލުގެ ޖާގައެއް ކަށަވަރުވެފައި އޮތް ހަނިމާދޫގެ ފުރަތަމަ 11 ގެ ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅުނު މި މެޗުގައި ހަނިމާދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 81 ވަނަ މިނެޓްގައި އެ ޓީމުގެ ޖާޒީ ނަންބަރު 9 ހުސައިން އިބްރާހިމް އެވެ.

މި ނަތީޖާއާ އެކު ކުޅުދުއްފުއްޓަށް 8 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ވަނީ ގުރޫޕްގެ އެއް ވަނަ ލިބިފަ އެވެ. ދެވަނާގައި ހަނިމާދޫވެސް އޮތީ 8 ޕޮއިންޓާއެކު އެވެ. ނެއްލައިދޫ 4 ޕޮއިންޓާއެކު ތިންވަނާގައި އޮތްއިރު އެއް މެޗު މަދު ކުޅެފައިވާ ނޮޅިވަރަމް 4 ވަނާގައި އޮތީ 3 ޕޮއިންޓާއެކު އެވެ.

މިއަދު ހަވީރު ކުޅޭ މެޗުގައި ނޮޅިވަރަމް އަދި ނޭކުރެންދޫ ބައްދަލު ކުރާއިރު ނޭކުރެންދޫ އަށް އަދި ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355