twitterviber whatsapp telegramfacebookyoutube instagram
18th May 2024

ނޭކުރެންދޫގެ މައްޗަށް ނޮޅިވަރަމް އިން ކުރިހޯދައިފި

Aug 14, 2016

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި ނޭކުރެންދޫގެ މައްޗަށް ނޮޅިވަރަމްއިން 2-1 އިން ކުރިހޯދައިފި އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނޮޅިވަރަމް އިންނެވެ. މެޗުގެ 15 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ރަޝީދު (ކަޑަ އަލީ) އެވެ.

މެޗުގެ 22 ވަނަ މިނެޓްގައި ނޮޅިވަރަމްގެ ޖާޒީ ނަންބަރު 15 އަބްދުލް ރަޝީދު އިތުރު ލަނޑެއް ޖަހާ ވަނީ ލީޑު ފުޅާކޮށްފަ އެވެ.

ދެ ޓީމު ފަރާތުންވެސް ހޫނު ކުޅުމެއް ފެނިފައިވާއިރު މި މެޗުގައި ޖުމްލަ 6 ރީނދޫ ކާޑު ދައްކާފައިވެ އެވެ. ނޭކުރެންދޫއިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހީ މެޗުގެ 26 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ޖާޒީ ނަންބަރު 9 މުހައްމަދު އަބްދުލް ކަރީމް އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި 4 ވަނަ ލަނޑެވެ.

މި މެޗުގެ 42 ވަނަ މިނެޓްގައި ނޮޅިވަރަމް ޓީމަށްވެސް ޕެނަލްޓީ އެއް ލިބިފައިވާއިރު ކަޑަ އަލީ ޖެހި މި ޕެނަލްޓީ ނޭކުރެންދޫގެ ކީޕަރ ވަނީ ދިފާއުކޮށްފަ އެވެ.

މި ނަތީޖާއާއެކު ނޮޅިވަރަމަށް ލިބުނީ 6 ޕޮއިންޓާއެކު ތިން ވަނަ އެވެ. ނޭކުރެންދޫ އެއް ޕޮއިންޓާއެކު ފުލަށްދިޔައިރު 4 ޕޮއިންޓާއެކު 4 ވަނަ އަށް ދިޔައީ ނެއްލައިދޫ އެވެ. އެއް ވަނަ ކުޅުދުއްފުށި 8 ޕޮއިންޓާއެކު ގޯލު ތަފާތުން ހޯދިއިރު ހަނިމާދޫއަށްވެސް ވަނީ ހަމަ މި އަދަދަށް ޕޮއިންޓް ލިބިފަ އެވެ.

މި މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ 15:45 ގަ އެވެ. ވީހާވެސް ގިނަ ރައްޔިތުން ރަތް ކުލައިގެ ހެދުމެއް ތުރުކުރައްވައިގެން ދަނޑަށް ވަޑައިގެންދެއްވުމަކީ ޓީމުގެ ނުހަނު ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355