twitterviber whatsapp telegramfacebookyoutube instagram
6th July 2025

ބޮޑު ތަފާތަކުން ކުޅުދުއްފުށީ ބަލިކޮށް ހދ ގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދައިފި

Aug 16, 2016

ބޮޑު ތަފާތަކުން ކުޅުދުއްފުށީ ޓީމު ބަލިކޮށް، މިނިވަން 50 ގެ ހދ އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫ ޓީމް ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށި ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ކުޅުދުއްފުށީގެ ކޮޅަށް ހަނިމާދޫ 9 ލަނޑު ޖެހި އެވެ. ކުޅުދުއްފުއްޓަކަށް އެއްވެސް ލަނޑެއް ނުޖެހުނެވެ.

ކުޅުދުއްފުށީގެ އެތަށް ސަތޭކަ ސަޕޯޓަރުންގެ ކުރިމަތީގައި  ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ހަނިމާދޫ އިން ހަތަރު ލަނޑު ޖަހާ ހިންދެމިލި އިރު ދެވަނަ ހާފުގައި އެ ޓީމުން ފަސް ލަނޑު ކާމިޔާބުކުރި އެވެ.

ކުޅުދުއްފުށީ ޓީމަށް މިމެޗުގައި މޮޅު ކުޅުމެއް ނުދެއްކުނު ނަމަވެސް އެޓީމްގެ ސަޕޯޓަރުންގެ ސަޕޯޓް މެޗް ނިމިގެންދިއައިރުވެސް ޓީމަށް ސަޕޯޓްކުރުމަށް އެއަޑަކުން މުޅި ސްޓޭޑިއަމްގައި ގުގުމާލަމުން ދިޔަ އެވެ.

އަތޮޅު ޗެމްޕިއަނުންގެ ގޮތުގައި ހަނިމާދޫ ޓީމް ދެން ވާދަކުރާނީ ޒޯން އެކެއްގެ ބުރުގައެވެ. އެ ބުރު ހޯމް އެޑް އަވޭ އުސޫލުން ކުޅޭ އިރު، ހަނިމާދޫއާ ވާދަކުރާނީ ހއ.އަތޮޅުގެ ޗެމްޕިއަން ކެލާ ޓީމެވެ. ޒޯން ބުރުގެ ފުރަތަމަ މެޗް މި މަހުގެ 19 ވަނަ ދުވަހު ކެލާގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ މެޗް މި މަހުގެ 22 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫގައެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355