twitterviber whatsapp telegramfacebookyoutube instagram
30th August 2026

ހަނިމާދޫ އާއި ކެލާގެ ކުރިމަތިލުން އެއްވަރު

Aug 19, 2016

މިނިވަން ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުގައި މިއަދު ހަނިމާދޫ އާއި ކެލާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މިއަދު ހަވީރު ކެލާ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1 ނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށުނުތަނާހެން ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ހަނިމާދޫއިންނެވެ.

ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ ފަހަތުން އަރައި ކެލައިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާވަނީ އެއްވަރުކޮށްފަ އެވެ.

މިމެޗުގައި ހަނިމާދޫގެ ކުޅުންތެރިންނަށް ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބި ވަނީ ކާމިޔާބު ނުވެފަ އެވެ. ފޯރިގަދަ މިމެޗުގައި 2 ޓީމަށްވެސް ސަޕޯޓްކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ޖަމާވެފައިވާކަން ފާހަގަކުރެވުނެވެ.

މިމުބާރާތުގެ ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީވެސް ހަނިމާދޫ އާއި ކެލާ އެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 22 ގައި ހަނިމާދޫ ފުޓްބޯޅަ ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355