twitterviber whatsapp telegramfacebookyoutube instagram
30th August 2026

ފޯކައިދޫ އަތުން ހަނިގޮތަކަށް މޮޅުވެ، ށ އަތޮޅު ޗެމްޕިއަންކަން މިލަންދޫ ހޯދައިފި

Aug 23, 2016

މިނިވަން ޗެމްޕިއަންޝިޕްގެ ށ އަތޮޅުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުން ފޯކައިދޫ  އަތުން ހަނިގޮތަކަށް މޮޅުވެ، ށ އަތޮޅު ޗެމްޕިއަންކަން މިލަންދޫ ހޯދައިފި އެވެ.

މިލަންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ފޯކައިދޫ އަތުން މިލަންދޫ މޮޅުވީ 1-0 ގެ ހަނި މޮޅަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ވަނީ ގެއްލިފަ އެވެ. ހާއްސަކޮށް ފޯކައިދޫ ޓީމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ.

ފުރަތަމަ ހާފްގައި ފޯކައިދޫއިން ލަނޑެއް ޖެހިނަމަވެސް އެލަނޑަކީ ލަނޑެއް ނޫންކަމަށް ރެފްރީ ނިންމި އެވެ. މިލަންދޫ ޓީމު ޖެހި ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގަ އެވެ.

ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގައި ފެނިގެންގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ.

މިމުބާރާތުގައި ފޯކައިދޫ ޓީމް ފައިނަލާ ހިސާބަށް ދަތުރުކުރީ ދިހަ ޕޮއިންޓާއެކު މުބާރާތުގެ އެންމެ ކުރީގަ އޮވެގެންނެވެ. މިލަންދޫ ޓީމް ފައިނަލަށް ދިޔައީ 8 ޕޮއިންޓާއެކު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355