twitterviber whatsapp telegramfacebookyoutube instagram
4th November 2025

އަންނަ ހޯމަ ދުވަހުކުޅޭ މެޗަށް ޒަވީ އާއި އަޔާލާ ރާއްޖެ އަންނަނީ

Aug 24, 2016

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު އަންނަ ހޯމަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ އާއި ސްޕެއިނުގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ރާއްޖެ އަންނާނެ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ތޯރިގު ވިދާޅުވީ ހާއްސަ މެޗުގައި ކުޅުމަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށް މިހާރުވާނީ ދައުވަތު ފޮނުވާފައިކަމަށާއި އެ ޓީމަށް އިރުޝާދުދިން ޖޯސެފް ޔަންކޭ ވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.

މި ހާއްސަ މެޗުގައި އަޔާލާ ކުޅުނު ނަމަވެސް ނަމަވެސް ޒަވީ މި މެޗުގައި ނުކުޅޭނެ އެވެ.

މީގެއިތުރުން ގައުމީ ޓީމު އަންނަ މަހު އެއް ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުތުމަށް ހަމަޖެހިފައިވާއިރު އަންނަ މަހު ހަތް ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށް ކުޅޭނެ އަދި ޓާގެޓަކީ ލާއޯސް މެޗުން މޮޅުވުން ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިވަން ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށީ ޓީމަށް ތަރުހީބުދިން އެ ރަށު ސަޕޯޓަރުން ހާއްސަ މެޗުގައި ތަރުހީބު ދޭން މާލެ އައުމަށް ދިން ދައުވަތު ގަބޫލް ކުރުމުން އެކަމަށްޓަކައި ސަޕޯޓަރުންނަށް ތޯރިގް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355