twitterviber whatsapp telegramfacebookyoutube instagram
6th July 2025

އަލީ އައްބާސް އަދި މުހައްމަދު އައްޔޫބު ފްރީ ޑައިވިންގެ މަތީ ފާހެއް ހޯދައިފި

Aug 25, 2016

ބައިނަލްއަގްވާމީ ފްރީ ޑައިވިން މުބާރާތްތަކުގައި އޮފިޝަލް ކުރުމުގެ ހުއްދަ ކުޅުދުއްފުށީ ދެ ޑައިވަރުން ކަމަށްވާ އަލީ އައްބާސް އަދި މުހައްމަދު އައްޔޫބަށް ލިބިއްޖެ ، މި ދެ ބައިވެރިންނަކީ ކުޅުދުއްފުއްޓަށް އުއްފަން ދެ ބޭފުޅުންނެވެ.

ފްރީޑައިވިން އެސޯސިއޭޝަނާއި ބަނޑޮސް މޯލްޑިވްސް ގުޅިގެން 7 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 6 ޑައިވަރުން ވަނީ ބައިވެރިވެފަ އެވެ.

އެގޮތުން މި ކޯހުގައި ކިޔަވައިދީފައި ވަނީ ފްރީޑައިވިންގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ކޯސްތަކެއް ކުރިއަށްގެންގޮސްފައިވާ އެލާނާ ކެސްކީ އެވެ.

ކޯސް ފުރިހަމަ ކުރި 6 އޮފިޝަލުން ވެފައިވަނީ ސައުތު އޭޝިއާ ސަރަހައްދުގައި ފްރީ ޑައިވިން އިން އިންޓަނޭޝަނަލް މުބާރާތްތަކުގައި އޮފިޝަލްކަން ކުރުމުގެ ހުއްދަ ލިބުނު ފުރަތަމަ ހަ އޮފިޝަލުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355