twitterviber whatsapp telegramfacebookyoutube instagram
30th August 2026

ހދ އަތޮޅު ކައުންސިލުން ބާއްވާ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Aug 25, 2016

ހދ އަތޮޅު ކައުންސިލުން މިއަހަރުން އަންހެނުންގެ ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަނީ އަންނަ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ. މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހު 23 ގައި އެވެ.

އަތޮޅުގެ ރަށްތަކަކަށް ހުޅުވާލައިގެން ބާއްވަން ހަމަޖެހިފައިވާ މިމުބާރާތުގައި ރަށަކުން އެއް ޓީމަށް ވުރެ ގިނަ ޓީމަށް ބައިވެރިވެވޭނެ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ. އަތޮޅު ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވެވޭނީ ރަށު ކައުންސިލްތަކަށާއި ރަޖިސްޓަރ ކުރެވިފައިވާ ކުލަބް ޖަމްއިއްޔާތަކަށެވެ.

ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމަށާއި ޓީމް ލިސްޓް ހުށަހަޅަންޖެހޭ ފޯމް އަދި ގަވާއިދު އަތޮޅު ކައުންސިލް އިދާރާއާއި ރަށު ކައުންސިލް އިދާރާތަކުން ލިބެންހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355