twitterviber whatsapp telegramfacebookyoutube instagram
15th October 2026

17 އަހަރުން ދަށުގެ ބައިން އެންމެ މޮޅު އަންހެން އެތުލީޓަކަށް ނަޝާ

Sep 6, 2016

ނިމިގެން މިދިޔަ 19 ވަނަ މައިލޯ އިންޓަރސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ ބައިން އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު އަރަމުން އަންނަ އުއްމީދު އެތްލީޓް ޖަލާލުއްދީން ސްކޫލުގެ ނަޝާ ނިޒާރަށް ލިބިއްޖެ އެެވެ.

ރާއްޖޭގެ ޖޫނިއަރ އެންމެ ބާރު އަންހެން ދުވުންތެރިޔާގެ މަގާމު ވެސް އޮންނަ ނަޝާ ވަނީ މިމުބާރާތުގައި 200 މީޓަރުގެ ރެކޯޑްވެސް އާ ކޮށްފަ އެވެ.

މިއީ ނަޝާ މި ރެކޯޑް އާކުރި 2 ވަނަ ފަހަރެވެ. ނަޝާގެ ކުރިން މިރެކޯޑް އޮތީ ރާއްޖޭގެ ބާރު އަންހެން ދުވުންތެރިޔާ އަފާގެ އަތުގަ އެވެ. މިފަހަރު ނަޝާ ރެކޯޑް އާކޮށްފައިވަނީ 17 އަހަރުން ދަށުގެ އުމުރު ފުރައިން އަންހެން ކުދިންގެ 200 މީޓަރު ދުވުން 26.17 ސިކުންތުން ރޭސް ނިންމައިގެންނެވެ

މިއަހަރުގެ މުބާރާތުގައި ޖަލާލުއްދީން ސްކޫލުން ވަނީ 7 ގޯލްޑާއި 8 ބުރޯންޒާއި 10 ސިލްވާ މެޑަލް ހޯދައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293