twitterviber whatsapp telegramfacebookyoutube instagram
15th July 2026

ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސްގެ ދިރާގު ރޯޑް ކިންގަކަށް މުސްތޮ

Sep 15, 2016

ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގައި ބޭއްވި “ދިރާގު ރޯޑް ކިންގް ޗެމްޕިއަންޝިޕް 2016” ގެ ރޯޑް ކިންގަކަށް މުސްތަފާ މުހައްމަދު (މުސްތޮ)އަށް ލިބިއްޖެ އެެވެ.

މުސްތަފާއަށް އެމަގާމު ލިބުނުއިރު އެއިވެންޓްގެ ތެރެއިން ކުރިއަށް ގެންދިޔަ ކާރު ރޭސްގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަބުދުއްރަހީމް (ކުޑަ ބެނޭ) އެވެ.

ކާެރު ޗެމްޕިއަކަން ހޯދި ކުޑަ ބެނޭ–

 

ބޮޑު އިދާ ގުޅުވައިގެން މިމަހުގެ 13 އިން 14 އަށް ކުޅުދުއްފުށީގައި ބޭއްވި މިއިވެންޓަކީ ވަރަށް ކާމިޔާބު އިވެންޓެކެވެ.

ކުޅުދުއްފުށީ އަމީނީމަގުގެ މިރޭހުގައި 110ސީސީ، 125ސީސީ، 135ސީސީ އަދި 150ސީސީ އާއި 250ސީސީ ދެމެދުގެ ސައިކަލް ރޭސްތަކާއި ކާރާއި ސައިކަލްގެ ސްޓަންޓްތައް ވެސް ދައްކާލާފައެވެ. އަދި ބައިކް ބޯއީސްގެ ބައިސްކަލް ހުނަރުތަކެއްވެސް ހުށަހަޅައި ދީފަވެ އެވެ.

350 މީޓަރުގެ ޓްރެކެއްގައި ކުރިއަށްގެންދާ މިރޭސްތަކުގައި، ޑްރެގް ރޭސްތަކުގެ އިތުރުން ސްޓަންޓް ޝޯއެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355